ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ގެ މައްސަލައެއް ފުލުހުންނަށް ނުބެލޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބެހުނު ކަމަށް ނުވަތަ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަޑުއުފުލަމުން ގެންދާ އަންހެން މީހާ ވަޒީފާއިން ވަކިކުރުމާއެކު އެ މައްސަލަ އަދިވެސް ބަލާފައި ނުވާތީ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

"އިމްރާން ގެ މައްސަލަ ނުބެލޭނެ ފުލުހުން ނަކަށް. ހޯމް މިނިސްޓަރު ގެ މައްސަލަ ބެލޭނީ ރައީސުލްޖުމްހޫރިއްޔާގެ އިޒުނައާއިއެކު. އިޒުނަ ދެއްވައިފިނަމަ ވެރިކަމަށް ވަޑައިގަންނަވާން ހެއްދެވިހާ "ފަންޑިތަ" ނުއަތަށް ޖަހާނެ. މަޖިލިސްއިން ނިންމާފައި އޮތީ އިމްރާން އިތުބާރު އޮތްކަމަށް. ކޯލިޝަން ސަރުކާރު ހިންގަނީ އަމާ ބުނީތީ ފަރަށްދާ ގޮތަށް" އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިމްރާން އެކި ފަހަރު މަތިން ބެހުނު ކަމަށް ނުވަތަ ޖިންސީ ގޯނާކުރި ކަމަށް ބުނާ މި އަންހެންމީހާ ވަރަށް ފަހުން ވަނީ ރައީސް އޮފީސް ކައިރިން އިމްރާން ވަޑައިގަންނަވަނިކޮށް އަޑުއުފުލައި އިންސާފު ހޯދައި ދިނުމަށް އެދި އިހުތިޖާޖުވެސް ކޮށްފައެވެ. ނަމަވެސް އިމްރާނާއި ދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެންމެންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވަޢުދުވެ އަދި ވަކިން ޚާއްޞަކޮށް އަންހެނުންނަށް ކުރާ އަނިޔާއަށް ޒީރޯ ޓޮލަރެންސް ދޭނެ ކަމަށް ބުނާ ސަރުކާރުން އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ އަންހެނާ ހައްގު ހޯދަން އަޑުއުފުލުމުން އޭނާއަށް އަނިޔަކޮށް ހައްޔަރު ކުރުން ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އެގޮތުން ރައީސް ޔާމީން ޝަރީއަތަށް މާލެ ގެނައި ދުވަހަކު ޔާމީނާ ބައްދަލުކުރުމަށް ނުކުތް ކަނބަލުން ތަކަކަށް ފުލުހުން ހުރަސް އަޅައި އަނިޔާކޮށް ހަދާފައިވާ މައްސަލައެއް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ދާދިފަހުން ފެންމަތިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން