ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް
ހުޅުމާލެ ގޮނޑުދޮށުން މޫދު ކުޅިވަރުގެ ޚިދުމަތްދޭ ފަރާތްތަކަށް ބިން ދޫކުރަން ފަށައިފި އެވެ.

ހުޅުމާލޭގެ ބެލެނިވެރި ފަރާތްކަމުގައިވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނީ، ހުޅުމާލެ ގޮނޑުދޮށުން މޫދުކުޅިވަރުގެ އެކިއެކި ކަންކަމަށް ބިން ދޫކުރަނީ އެއްވެސް ގެއެއްގެ ކުރިމައްޗަށް ނުވާ ގޮތަށް ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ބިން ދޫކުރަނީ މަގުތަކުގެ ކަންމަތިތަކާ ދިމާވާހެން ހުންނަ ސަރަހައްދުތަކުންނެވެ.

މި ގޮތަށް ބިން ދޫކުރަނީ ކުރިންވެސް ހުޅުމާލޭ ގޮނޑުދޮށުގައި އެގޮތަށް އެ މަސައްކަތް ކުރާކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އެޗްޑީސީ އިން ބުނީ މިހާރު ހުޅުމާލެ ގޮނޑުދޮށުން މޫދުކުޅިވަރުގެ އެކިއެކި ކަންކަން ހިންގާ، އެ ވިޔަފާރި ކުރާ ފަރާތްތަކަށް ގޮނޑުދޮށުން ޖާގަ ދިން ނަމަވެސް، އިތުރު ފަރާތްތަކަށް ޖާގަ ދޭން ނިންމާފައި ނުވާ ކަމަށެވެ.

އެގޮތަށް ޖާގަ ދެނީ ކުއްޔަށް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ނަމަވެސް ކުލީގެ ގޮތުގައި ނަގަނީ ކިހާ އަދަދެއް ކަމެއް، އަދި ދޫކުރަނީ ކިހާ ޖާގައެއް ކަމެއް ވެސް ނުބުނެއެވެ.

އެޗްޑީސީ އިން ބުނީ ވޯޓާ ސްޕޯޓްސްއަށް ދޫކުރާ ބިމުގައި އިތުރު ވިޔަފާރި އެއް ނުހިންގޭނެ ކަމަށެވެ.

މީގެ ކުރިން ހުޅުމާލެ ބީޗުގައި އެއްވެސް އުސޫލެއް ނެތި ކެފޭ ރެސްޓޯރެންޓު ހިންގަމުން ދަނިކޮށް އެޗްޑީސީން ވަނީ އެތަންތަން ނަގައިފަ އެވެ. މިއާއެކު އާންމުންނަށް ބީޗަށްގޮސް އުޅެލެވޭނެ މާހައުލެއް ފަހިވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން