ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢައްސާން މައުމޫން
ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢައްސާން މައުމޫން
ދެ ރިސޯޓާއި، ހަތް ކޮމްޕިއުޓަރުން ޤައުމު ހިންގި ދުވަސް މާޒީވެއްޖެކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ރާއްޖޭގައި މި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމެއް ގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ދެން އަންނަ ދައުރެއް ކާމިޔާބުކުރެއްވިދާނެތޯއާއި، 2023 ގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ހުށަހަޅުއްވާނަންތޯ ޢާންމު ފަރާތަކުން ކުރި ސުވާލަށް ދެއްވި ޖަވާބުގައި، މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާމެދު އިންތިޚާބުގެ ކުރިން ރައީސް ޞާލިޙާއި ވާހަކަދައްކަވާނެ ކަމަށެވެ. އަދި އެކަމަށް ރަނގަޅުގޮތެއް ނިންމެވޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ކުރިން ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް 10 އަހަރުގައި އެމްޑީޕީއަށް ރައްޔިތުންނަށް ޚިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމުކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ހަމައެހެންމެ ރައީސް ޞާލިޙްގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ހަމަ ބަރުލަމާނީ ނިޒާމުކަމަށާއި، ނަމަވެސް އެއީ އަދި ފަހުގެ ވާހަކައެއްކަމަށް ކުރިން ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެއްވަމުން، ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު މި އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުން އެ ގޮތަށް ނިންމެވުމުން ޤާނޫނޫއަސާސީގައި އެކަށައެޅި ނިޒާމެއްކަމަށެވެ. އެހެންކަމުން ހިތަށްއެރިހައި އިރަކަށް އެ ނިޒާމު ބަދަލުކުރުމުގެ ބާރެއް ނުލިބޭނެކަމަށާއި، އެކަން އޮތީ ރައްޔިތުންގެ އަތުގައިކަމަށް ވެސް ވިދާޅުވިއެވެ.

”ދިވެހިރާއްޖޭގެ މި އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުން އެ ގޮތަށް ނިންމެވުމުން ޤާނޫނުއަސާސީގައި އެކަށައެޅި ނިޒާމެއް. ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްޕުޅުގައި.“ ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްސާން ވަނީ ދައްކާ ކޮންމެ ވާހަކައަކަށް ދިވެހިން ދެނެއް ނުހެއްލޭނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދެ ރިސޯޓާއި، ހަތް ކޮމްޕިއުޓަރުން ޤައުމު ހިންގި ދުވަސް މާޒީވެއްޖެކަމަށް ވެސް ޣައްސާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޙައްވަ

23-Dec-2020

ކިތަންމެ ރުޅިއަޔަސް 2 ކުރޮޅި އާ 7 ގޮބޮޅިން ހިންގޭނީ ކެނަރީ ބޭކަރީ!


-5

ސަޢީދު

21-Dec-2020

އެއީ ކަލޯ އިނގިރޭސި ވިލާތުގައިހުރެ ރާބޮއެމަސްވެގެންކާރުދުއްވައި އެގައުމުގެބަޔަކުމަރާލައިގެން ބަފާ ގައުމުދޮވެގެންގޮސް ކަލޯސަލާމަތްކުރިދުވަސްވަރުދޯއަނގަފުޅާކުރެޔޭއާލާތުން



ޓްރެންޑިން