ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢު ޕީޕީއެމް އޮފީހުގައި ވާހަދައްކަވަނީ
ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢު ޕީޕީއެމް އޮފީހުގައި ވާހަދައްކަވަނީ
އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން އަންނަ ހޮނިހިރު ދުވަހު ޚާއްޞަ ޖަލްސާއެއް ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކާނިވާ ސަރަހައްދުގައި "ވިސްނާ" ނަމުގައި ޚާއްޞަ ޖަލްސާއެއް ބާއްވާނެ ކަމުގައެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޑިސެންބަރުވާ ހޮނިހިރުދުވަހުގެ ރޭ 8.30 ގައި ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ. އަދި ވީހާވެސް ގިނަ ބަޔަކު މި ޖަލްސާއަށް އައުމަކީ އެ ކޯލިޝަނުގެ އެދުމެއް ކަމުގައި ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނޫޅޭ ކަމުގައެވެ. އަދި އެމްޑީޕީން މަސައްކަތްކުރަމުންދަނީ އެމްޑީޕީގެ އެތެރޭގައި ބާރު އޮންނާނީ ކޮން ބޭފުޅަކަށް ކަން ކަނޑައެޅުމުގައި ކަމުގައި ޝުޖާ ވިދާޅުވިއެވެ. އަދި މި ސަރުކާރަށް ތާއީދު ނެތްކަން ދައްކުވައިދޭން ބޭނުންވަނީ ވޯޓުން ކަމުގައި ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.

މީގެ އިތުރުން ތަމްރީން މީހުން މިހާރު ނެތް ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވިއިރު، 18 މިލިއަން ރުފިޔާ މީހުން ތަމްރީނުކުރުމަށް ޚަރަދުކުރި ކަމުގައި ޝުޖާ ވިދާޅުވިއެވެ. އެއީ ނަހަމަ ގޮތުގައި ރައްޔިތުންގެ ފައިސާ ބޭނުންކުރުން ކަމުގައިވެސް ޝުޖާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ ކައުންސިލް އިންތިޚާބު ލަސްކުރަމުންދާ ކަމަށް ބުނެ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. އަދި އިންތިޚާބުގެ ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީވެސް އިދިކޮޅުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އެޗްޕީއޭއިން ހުއްދަ ނުދޭތީ އަދިވެސް ކެމްޕޭން ކުރުމުގެ ފުރުސަތު ދެވިފައި ނުވާކަމަށާއި ނަމަވެސް ކެމްޕޭން ކުރަން ފުރުސަތު ނުދީ އިންތިޚާބު ނުބާއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން