އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު
ސިޔާސީ ޕާޓީތައް 100000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ އުސޫލެއް އެޗްޕީއޭ އިން މިރޭ ނެރެފިއެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ގެ ނަމުގައި މިރޭ ނެރުނު މި އުސޫލުގައި ޢާއްމު ފަރުދުން 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، ޤާނޫނީ ޝަޚްޞަކުން އެފަދަ އެންގުމަކަށް ޢަމަލު ނުކޮށްފި ނަމަ ނުވަތަ އެ އެންގުމަކާ ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ސިޔާސީ ޕާޓީތަކަކީ ވަކި ޤާނޫނީ ޝަޚްޞަކަށް ވާއިރު އެޗްޕީއޭގެ މި އުސޫލަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ކެމްޕޭން ކުރުމަށް ފުރުސަތު ހުޅުވާލާއިރު ޢަމަލު ކުރުމަށް އެކުލަވާލެވުނު އުސޫލެއް ކަމަށް ބެލެވެއެވެ.

އެޗްޕީއޭގެ އުސޫލުގައި ވަނީ، މި އުސޫލަށް ޢަމަލުކުރާނީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށް ކަމަށެވެ.

އެހެންކަމުން މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޖާގަ ދިނުމަށް މިހާރު އިޢުލާނު ކޮށްފައިވާ ކުއްލިނުރައްކަލުގެ ޙާލަތު އުވާލުމަށް އެޗްޕީއޭ އިން ތައްޔާރުވާން ފެށުމަށް އެކުލަވާލި އުސޫލެއް ކަމަށް މަސްރަޙު ދިރާސާ ކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން