ކުށްވެރިންނަށް ފައިދާ ލިބޭގޮަތަށް އެއްބަސްވުންތައްހަދައި، އެމީހުން ދައުލަތުގެ ހެކިންގެގޮތުގައި ބޭނުންކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމު ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ ޝަރީޢަތެއްގައި އެ ޚޮޔާނާތާއި ގުޅިގެން ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި ކުންފުނީގެ އެމްޑީ ޒިޔަތު ހެކިންގެ ގޮތުގައި ދަޢުލަތުން ހުށައަޅާފައިވާތީ އެކަމަށް ޢިޝާރާތް ކުރަށްވައެވެ.

"ކްރިމިނަލުންނަށް ފައިދާ ލިބޭގޮަތަށް އެއްބަސްވުންތައްހަދައި، އެމީހުން ލައްވައި ސަރުކާރުގެ ހެކިންގެގޮތުގައި ބޭނުންކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމު ކޮރަޕްޝަނަށް މަގުފަހިވާކަމެއް. މިގޮތައް ބޭނުން ކުރެވޭ ކްރިމިނަލުންގެ ފަރާތުން ގާނޫނު ހިމާޔަތް ކުރުމަށް ހުރަސްއެޅި ބާރުތައް ކެނޑިގެންދިއުމުގެ ބިރުވެރިކަން ބޮޑުވޭ.”ޝަރީފު ވިދާޅިވިއެވެ

ޝަރީފު އިތުރަށް ވިދާޅުވީ މިފަދަ އަމަލު ތަކުން ތެދު ހަގީގަތް އޮޅުވާލުމާއެކު ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ސިޔާސީ ވެރިންގެ ނުފޫޒުގެ ބާރުގަދަވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އެހެނީ މިފަދަ އަމަލު ތަކަކީ ނުބައި އަތެއްގައި ޖެހިއްޖެނަމަ ތޫނު ހަތިޔާރަކަށް ވުރެއްވެސް ނުރައްކާއެއްޗެއް ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ހެކިންގެ ގޮތުގައި ކްރިމިނަލުން ބޭނުން ކުރުމަކީ ބައެއްހާލަތްތަކުގައި ފައިދާ ވާ ކަމެއްކަމަށާއި ނަމަވެސް ކްރިމިނަލުންނާ ވެވޭ އެއްބަސްވުންތަކަކީ ބައެއް ހާލަތްތަކުގައި މުޅި ޖިނާއީ އަދުލުގެ ނިޒާމަށް ހުރަސް އެޅި ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާނެ ކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ހެކިންގެ ގޮތުގައި ކްރިމިނަލުން ބޭނުންކުރުމުން އެމީހުންނަށް ފައިދާވާގޮތަކަށް މެނުވީ މަސައްކަތް ނުކުރާނެ ކަމަށެވެ. އެހިސާބުން ގާނޫނު މިވަނީ ބަލިފަޔަކަށް ކަމުގައި ޥެސް މަރަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން