ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޑީއެންއޭ މެދުވެރިކޮށް ޒިނޭ ސާބިތު ކުރުމަށް އޮތް ހައްލަކީ ޒިނޭގެ ދެ ވައްތަރު ކަނޑައަޅައި ޝަރުޢީ ޒިނޭއާއި ޤާނޫނީ ޒިނޭ ވަކިކުރުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމުން އޭނާ އަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ދިފާޢުގައި ވާހަދައްކަވައިފިއެވެ.

ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައި "ޤާނޫނީ ޒިނޭ"ގެ ވާހަކަ ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ކުރިމަތިކުރެއްވި ސުވާލުތަކަށް ޝަމީމް ވަނީ މިއަދު ޖަވާބުދެއްވާފައެވެ.

"ބަހަކީ ބަހެއް ނޫނެވެ. ބަހަކީ ތިމާ އެ ބަހަށް ދޭ މާނައެވެ. ޝަރުޢީ ޤަޒުފާއި ޤާނޫނީ ގަޒުފު؟ ޝަރުޢީ ވައްކަމާއި ޤާނޫނީ ވައްކަން؟ ޝަރުޢީ ރާބުއިމާއި ޤާނޫނީ ރާބުއިން؟" އަލީ ހުސައިންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޖަވާބުގައި ޝަމީމް ވިދާޅުވީ ބަހަކީ ބަހެއް ނޫން ކަމަށާއި ބަހަކީ އެއަށްދޭ މާނަ ކަމަށެވެ. ބަހަށް ބަހޭ ކިޔުނީ ކީއްވެގެން ކަމުގެ ފަލްސަފީ ޝަރަޙައެއް ނުދެވޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

"ދިވެހިން ދަތް އުނގުޅާ ބޭހަށް ކިޔަނީ ކޮލްގެޓެވެ. ކިއުކަމްބާގެ މަސްހޫރު ނަމަކީ ކަމްބާއެވެ. މިކަހަލަ ބައިވަރު މިސާލެވެ. ބަހުގެ ޤައިދުން ނެއްޓެންޖެހެއެވެ." ޝަމީމް އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޙަޤީޤީ މުޢާމަލާތަކީ ޙަރަކާތުން ކުރާ ކަމެކެވެ. "ޙަޤީޤީ މުޢާމަލާތަކީ ޙަރަކާތުން ކުރާ ކަމެކެވެ. އެނަރޖީންނެވެ. ބަސް ބޭނުންކުރަނީ ޙަރަކާތުން ނުފުދޭޙާލަތުގައެވެ. އަލަށް ވިހާ ކުދިންނާ މަންމައާ ދެމެދު ވާހަކަދައްކާ ބަހެއް ނޯވެއެވެ. އެކަމު ބަރާބަރަށް މުޢާމަލާތު ކުރެއެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމެވެ. ވިސްނާ ފިކުރު ކުރާނަމައެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ ވާހަކަތަކަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ރައްދުދީފައެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައި ބުނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ މުޞްޠަލަޙުތައް (ލަފްޒުތައް) ބޭނުން ކުރަންވާނީ ޝަރުއުގައި އެ އެ ބޭނުން ކުރަމުން އަންނަ ގޮތަށް ކަމަށެވެ. ގާނޫނީ ގޮތުން ވެސް މި ލަފްޒުތައް ބޭނުންކުރަމުން އަންނަނީ ޝަރުއުގައި އޮންނަ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

"މިސާލަކަށް: ޒިނޭ ވާނީ ޒިނޭއަށެވެ. ކައިވެނި ވާނީ ކައިވެންޏަށެވެ. ލިވާޠު ވާނީ ލިވާޠަށެވެ." މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.

އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު މަސްދަރު ކަމަށް ވެފައި، މިފަދަ ޝަރުއީ މުޞްޠަލަޙުތަކުގެ ޝަރުޢީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުން ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ޚިލާފު ކަމަށާއި އެ ލަފްޒުތައް ބޭނުންކުރަންވާނީ ޝަރުއުގައި އެ ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޙާމް

27-Dec-2020

ޢަހަރެން ނުކިޔަން ދަތްއުނގުޅާ ބޭހަށް ކޮލްގެޓަކޭ, އަހަރެން ކިޔަނީ ހަމަ ދަތް އުނގުޅާ ބޭސް. އަދި އަހަރެން އަހަރެން އަޑެެއްވެސް ނާހަން ހުރިހާ ބްރޭނަޑެއްގެ ދަތް އުނގުޅާ ބޭހަކަށް ދިވެހީން ކޮލްގެޓް ކިޔާ އަޑެއްވެސް.


4

ކަމަނަ

27-Dec-2020

އަމައޭ ކިޔާ އަމައޭ


3

ށަމީމުނަށިދު

23-Dec-2020

އެހެންތަ މަހިީކުރީ ގާނޫނީ ޒިނޭ ކުރަން އެނާޖި ނުދާނެކަމަށް.


7

މަންތިރި

23-Dec-2020

އަސްލު އެމްޑީޕީގެ މަންޒިލަށް ކޯސް ދީފި! ދީނާ ދައުލަތް ވަކިކޮށްފިކަން މިހާރު ޝަމީމު އެ ސާބިތުކޮށްދިނީ! ހުރި ހިތާމައެއްގެ ބޮޑުކަމާއެ!!! ބަހަކީ ތިމާ އެ ބަހަށް ދޭ މާނަ ވިއްޔާމު އިނގިރޭސި ބަހަށް މާނަ ދީގެން އިނގިރޭސި ބަހަކީ ދިވެހި ބަސް ކަމަށް ތިމާ މީހާ ހަދާބަލަ!


7

އަހަރެން

23-Dec-2020

"އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު މަސްދަރު ކަމަށް ވެފައި،" ތޯ? ނޫނީ އިސްލާމް ދީނަކީ މާތްﷲގެ ހަޟްރަތުން ބާވައިލެއްވި ދީންނެއް ނޫންތޯ.. އަދި ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީ ކަމައްވެދާނެ


1

ޢަހްމަދު

27-Dec-2020

މަ ހީކުރީ ޕީޖީ މި ވަރަށް މޮޅުމީހެއްކަަމަށް. އަދި މި އެނގުނީ ފެންވަރު



ޓްރެންޑިން