ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ޑރ. މުއިއްޒު އަށް ވޯޓުލާނެ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ، ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.

ޝުޢައިބު މިހެން ވިދާޅުވެފައިވަނީ މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވަޢުދު ފުއްދައި ނުދޭތީ އެކަމާ ގިނަ ބަޔަކު ހިތްހަމަ ނުޖެހިފައި ތިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެލްސީއީ (ކައުންސިލް އިންތިހާބު) ގައި މާލޭގެ ވަރަށް ގިނަ އެމްޑީޕީ މީހުން ޕީޕީއެމްގެ މުއިއްޒު އަށް ވޯޓުލާނެ. އެއީ އެމްޑީޕީގެ ވެރިން މާލެ ރައްޔިތުންނަށް ގޯތި ނުދޭން ނިންމާ ދޮގު ވަޢުދު ވީމަ. ގުޅީފަޅު ވިއްކާލިމަ." ޝުޢައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީއިން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުގެ ތެރެއިން މާލެއިން ގޯތި ބޭނުންވާ ފަރާތްތައް ހޯދުމަށް ދޮރުން ދޮރަށް މިހާރު ދަނީ ހިނގަމުންނެވެ.

މިކަމަށް ފާޑުކިޔާ ގިނަ މީހުން ބުނެފައި ވަނީ އިންތިހާބެއް ބޯމަތިވާ ކޮންމެ ފަހަރަކު އެމްޑީޕީން ގޯތި ގެދޮރުގެ ހާލަތުބަލައި ގޯތިބޭނުންވާ މީހުން ތިބިތޯ ވެސް ބަލާނެ ކަމަށެވެ. އެއީ އެމްޑީޕީން މާލޭގައި ކިތަންމެ ފަހަރަކު ކޮށްފައިވާ ދިރާސާ އެއްކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ގައުމު

27-Dec-2020

ޥަގުން ނަކީ ކޮބައިކަން އެމްދީޕީ މީހުންނައް ޢެނގޭނެ ނަމަ ކޮން ފަދަތޯ#&!!!!!😔


13

އިޔާޒް ޝަހީމް

27-Dec-2020

ކޮންމެ އިންތިހާބެއް ކައިރިވުމުން ތިޔަހުރިހާ ސަކަރާތެއް ޖަހާ. އެކަމަކު މާލެގެ ރައްޔިތުންނައް ވީއެއްެވެސް ކަމެއްނެތް. ވެށިފެހި މާލެ ކިޔާފައި ވެސް ފެށި. އެކަމަކު އިންޓަވިއު ކުރީ ވަކިބަޔކާ.. އިންޓަވިއު ކުރުމެއް ބެލުމެއްނެތި އެްވެސް ޕްލޭންއެއނެތި އތައްބަޔކައް ގޯތިދިނީ އޭރުގެ ވެރިން ބޭނުނވާ ބަޔަކައް,


15

علي وحيد

27-Dec-2020

إنشاء الله އަހަރެންވެސް ޑރ މުޢިއްޒުއަށް ވޯޓު💯✅✅🅰️🅰️🅰️🇲🇻ޑރ މުޢިއްޒުއަށް


-12

މުހައްމަދު

23-Dec-2020

ޥަގުންނަކައް ތާއީދު ނުކުރަން


4

ޟަރިއްޔާ

23-Dec-2020

ޢަހަރެންވެސް ވޯޓު ލާނަން



ޓްރެންޑިން