ޒިދާން މުޙައްމަދު   22 ޑިސެމްބަރު 2020 - 15:41
ވ. ރަކީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން
ވ. ރަކީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން
ވ. ރަކީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ސަރަޙައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ނިންމާލުމަށް އަމާޒުކުރެވިފައި ވަނީ 08 ޖޫން 2020 އަށް ކަމަށް ވެސް އެމްޓިސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 156 މީޓަރ ބޭރު ތޮށި ހެދުމާއި، 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށި ހެދުމާއި، 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި ނެރު ފުންކުރުން ހިމެނެއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ޙަވާލު ކުރި މި މަޝްރޫއަށް 18.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއީ މިހާތަނަށް މި ސަރުކަރުން ކުރިއަށްގެންދާ މިފަދަ އެންމެ ބިޔަ އެއް މަޝްރޫއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން