ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒު ފަހުމީ
އެމްޑީޕީގެ ބަސް ވިކޭ ޖުޑީޝަލް ސާވިސް ކޮމިޝަނެއް މިވަގުތު އޮތުމަކީ ރައްޔިތުންނަށް ލިބޭ ޔަޤީންކަމެއް ކަމަށާއި އެމްޑީޕީގެ ބަސް ހިނގާ ޖޭއެސްސީއަކުން ޖުޑީޝަރީ އިސްލާހުކުރުމުގެ މަސައްކަތް ކުރާނެކަން ރައްޔިތުންނަށް އެނގޭ ކަމަށް ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ޖުޑީޝަރީ އިސްލާޙުކުރުމަކީ އެމްޑީޕީއަށް ރައްޔިތުން ވޯޓުދީ ސަރުކާރާއި ރައްޔިތުން މަޖިލިސް ހަވާލުކުރި އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

އިންތި ވިދާޅުވީ ޖުޑީޝަރީ އިސްލާހުކުރުމުގެ ގޮތުން ބޮޑެތި މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމުގައެވެ. އެގޮތުން ކުރީގެ ސުޕްރީމް ކޯޓު ބަދަލުކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެހެން ކޯޓުތަކުގައި ތިއްބެވި އެކި ކަހަލަ ތުހުމަތުތައް އަމާޒުވެފައިވާ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރެވިފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީ މިނިވަންކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ޖޭއެސްސީ މިނިވަންކުރި ނަމަވެސް އެތަނުގައި ބައިތިއްބާނީ ކޮންމެވެސް އެހެން ބައެއް ކަމުގައެވެ. އެތަނުގައި ފަނޑިޔާރުން ބައިތިއްބާނަމަ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފަނޑިޔާރުން ތިބެގެން ޖޭއެސްސީން ރަނގަޅަށް ކަންކުރާނެކަމަށް ރައްޔިތުން ޤަބޫލުކުރާނެތޯ އިންތި ސުވާލު އުފެއްދެވިއެވެ.

އަދި އެމްޑީޕީގައި އޮތީ ކަންކުރުމުގެ ހެޔޮ ނިޔަތް ކަމުގައިވެސް އިންތި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އެ ވިލް އެބައޮތް. އެ ނިޔަތް އެބައޮތް. އެކަން އިސްލާހުކުރުމުގެ، އެކަން ކުރުމުގެ ޕޮލިޓިކަލް ވިލް އޮތް ބަޔަކު ތިބެގެން އެކަންކުރެވޭނީ." އިންތި ވިދާޅުވިއެވެ.

ޖޭއެސްސީން ކުރަންޖެހޭ މަސައްކަތް ކުރާނީ ކޮން ބައެއްތޯ ރައްޔިތުން ވިސްނާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

އިޔާޒް ޝަހީމް

27-Dec-2020

ހެހެހެ މިއީތަނެްގައި ހުރި ބުރާންޗެއްތަ.. އިސްލާހަކީ ތިމާމެން އެދޭގޮތް, އިންސާފަކީ ތިމާމެން ބޭނުންވާ ގޮތް .... ޖޭއެސްސީ ވާން ޖެހޭނީ މިނވަންތަނަކައް. އެމްޑީޕީ އާއި ޕީޕީއެމް ގެ މެބަރުން ތިބޭ ޕާރޓީ ގެ އައްޑާއަކައް ނޫން.


8

އެލެކްސީ

23-Dec-2020

އިސްލާހަކީ ތިމާމެން ހިތްއެދޭ ގޮތްތޯ! އަމިލްލަ މަސްލަހަތު ފުށުއަރާ ކަމެއްވީމަ ނުބަލަން ގޮވާބަޔަކަށް ކުރެވޭނީ ކޮން އިސްލާހެއްބާ!


3

މަންތިރި

23-Dec-2020

މިހާރު އޮތީ މ. ފިނިވާގޭ ޙުސައިން ފަހުމީގެ ޖޭއެސްސީއެއް ވީމަތޯ އިސްލާހު އިދިކޮޅަށް ގޯހުން ގޯހަށް ދަނީ? ކޮން އިރަކުންތޯ އެމްޑީޕީގެ ޖުޑިޝަރީއެއް މިރާއްޖޭގަ އޮންނާނީ އިންތީ?!



ޓްރެންޑިން