ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު
އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށް ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ މަސްވެރިންތަކެއް ފެލިވަރުގައި މުޒާހަރާ ކުރަމުން ދާ މައްސަލައާއި ގުޅިގެންނެވެ.

ޖަމީލް ވިދާޅުވީ، މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމަށާއި އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށެވެ.

"މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން. އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ. މަސްވެރިން ހާލުގައި ޖެހުމަކީ ޤައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން. ހުރިހާ ބާރެއް ލިބުމުން ހަމަ އަގު ނުދިން. ހައްލަކީ ވޯޓުން ސަރުކާރު ބަލިކުރުން." ޖަމީލް ވިދާޅުވިއެވެ.

މިއަދު މަސްވެރިން މުޒާހަރާ ކުރަނީ މަސްކިރުމުގައި ހުރި ދަތިތަކާ ގުޅިގެންނެވެ. މަސްވެރިކަން ރަނގަޅުވެ މަސް ބާނަން ފެށުމާއެކު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކަށް ވެފައި ވަނީ ބާނާ މަސަކޮޅު ނުކިރުމުގެ ޝަކުވާއެވެ. ކިރުވާ މަސްކޮޅަށް ވަގުތުން ފައިސާ ނުލިބުމުގެ ޝަކުވާއެވެ.

މަސްވެރިން ބާނާ މަސް ދައްޗެއް ނެތި ކިރޭނެ ގޮތް ހެދުމާއި ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަކީ މި ސަރުކާރުގެ ވަރަށަ ބޮޑު ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން