ޓުއަރިޒަމް މިނިސްޓަރ މައުސޫމް
ޓުއަރިޒަމް މިނިސްޓަރ މައުސޫމް
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް އެ ބަލީގެ ރަނގަބީލުގެ އަޑު ދުނިޔޭގައި ދަނީ ގަދަވަމުން ކަމަށް ވިދާޅުވެ، އެ ކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔެ ސިއްސުވާލި ކޮވިޑުގެ ރަނގަބީލުގެ އަޑު ރާއްޖެއިން މަޑުވާތީ އުފާކުރަށްވައި މާތްﷲ އަށް ހަމްދުކުރާ ކަމަށެވެ. ނަމަވެސް އެ ބަލީގެ ރަނގަބީލުގެ އަޑު އަދި ނުކެނޑޭ ކަމަށާއި ދުނިޔޭގައި އެއަޑު ދަނީ ގަދަވަމުން ކަމަށް މައުސޫމް ވިދާޅުވިއެވެ.



އެހެންކަމުން މިނިސްޓަރު ވަނީ އެކަމަށް ސަމާލުވެ، ގައިދުރުކޮށް، އަތްދޮވެ ހެދުމަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވެފައި މިވަނީ، ޔޫކޭއިން ކޮވިޑް-19 ވައިރަސްގެ ބާރުގަދަ އަދި ނުރައްކާތެރި ސްޓްރެއިން އެއް ފެނި ދުނިޔެ ސަމާލުކަމަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ޔޫކޭއިން ބުނެފައިވަނީ، އެ ގައުމުން އަލަށް ފެނުނު ކޮވިޑް-19 ވައިރަސްގެ އައު ސްޓްރެއިން، ކުރިން ފެނިފައިވާ ވައިރަސްއަށްވުރެ 70 ގުނަ ބާރުގަދަވެފައި ނުރައްކާތެރި ކަމަށެވެ.

އަދި ކުރިން ފެނުނު ވައިރަސްއަށްވުރެ އަލަށް ފެނުނު ސްޓްރެއިން މާ އަވަސްމިނުގައި ވަރަށް ބާރަށް ފެތުރެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން