އެއްޗެއްގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ އެއެއްޗެއް އުފެއްދެވި ފަރާތަށް ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު ނަޝީދުގެ އެކައުންޓެއް ކަމަށްބުނާ އެލެކްސް އަހުމަދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޑރ. އިޔާޒު ރައްދު ދެއްވާފައިވަނީ، ނަސްލު ކަށަވަރުކުރަން ޑީއެންއޭ ހެދުން ހަރާމްވާނެ އެއްވެސް ސަބަބެއް ނުވިސްނޭ ކަމުގައި ރައީސް ނަޝީދުގެ އެކައުންޓެއް ކަމަށްބުނާ އެލެކްސް އަހްމަދު ކުރި ޓްވީޓެއްގައި ބުނެފައިވާތީއެވެ.

މިކަމަށް ރައްދު ދެއްވައި ޑރ. އިޔާޒު ވިދާޅުވެފައިވަނީ އެއްޗެއްގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ އެ އެއެއްޗެއް އުފެއްދެވި ފަރާތައް ކަމަށާއި، އިންސާނުން އުފެއްދެވި ފަރާތުން އެވަނީ އިންސާނުންނަށް އެންމެ މަސްލަހަތު ބޮޑު ގޮތް ބަޔާންކޮށްދެއްވާފައި ކަމަށެވެ. އަދި އެއަށް ބަދަލު ގެންނާން އުޅޭނީ 24 ގަޑިއިރު ހަމައިގައި ނުތިބޭ މީހުން ކަމަށާއި އެހެން މީހުން މަގުފުރައްދަން ނޫޅުއްވުމަށް އެލެކްސް އަހުމަދުގެ ކިބައިން އިޔާޒު ވަނީ އެދިވަޑައިގެންފައެވެ.

"އަޑުއަހާފައި އޮތީ 4 ލޮލުން ފެނުނު މިންވަރެއް އުދަނގޫކޮށްފައި އެވަނީ އަންހެނުންގެ ޒީނަތް ރައްކާކުރަން. ޑީއެންއޭ ސީކުއެންސް އޮޅުންފިލުވަނީ ދަރި ލައްވާ، ވާރުތަ ހަމަޖައްސަން. ނަސްލު އޮޅުންފިލުވަން، ކިހާދެރަކަމެއް. ޢިލްމުވެރިންނޭ ކިޔާފަ މިކިޔަނީ ކޮންކަހަލަ ޖާހިލީ ވާހަކައެއް." އެލެކްސް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.



"ބުއްދިއަށް ވިސްނޭ ގޮތަށް ކަންކަން ކުރަންޖެހޭނަމަ ޚުއްފުގައި ފެންފޮހެވޭނީ ފައިތިލައިގައި. މައްޗަކު ނޫން. ވީމާ އިންސާނެއްގެ ކޮށި ބުއްދިއަށް ކަން އޮތް ގޮތް ނުވިސްނުން އެއީ އެއްގޮތަކަށްވެސް ހުކުމްތައް ބަދަލުވާންޖެހޭ ސަބަބެއް ނޫން." ޑރ އިޔާޒް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިސްލާމް ދީނުގައި އަންގަވާފައިވާ ހުކުމްތަކަކީ ޢިލްމީ ހޯދުންތަކާއި ފުށުއަރާނެ އެއްޗެއް ނޫން ކަމަށާއި ރަނގަޅު ދިރާސާއެއް ހަދައިފިނަމަ ޢިލްމީ ހޯދުންތަކުން އެކަމުގެ ހަގީގަތް ފެނިގެންދާނެ ކަމަށްވެސް ޑރ. އިޔާޒު ވިދާޅުވެފައިވެއެވެ.

އަދި ހަމަ އެހެންމެ، ދިޔާ އެއްޗަކަށް މެއްސެއް ވެއްޓިއްޖެނަމަ އޭގެ އަނެއް ފިޔަ ގަންބާލައިފައި ނެގުމުން އޭގައިވާ ބަލީގެ މިންވަރު ފިލާނެކަން ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘަކުން 1400 އަހަރު ކުރިން އަންގަވާފައިވާ ކަމަށާއި މިއަދުގެ ސައިންސްވެރިންގެ ހޯދުންތަކުން އެބަސްފުޅުގެ ހަގީގަތް ހާމަވެފައިވާ ކަމަށާއި އެލެކްސް އަހުމަދު އަދި ރަނގަޅަށް ކިޔަވަންވީ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ކިނބޫ

27-Dec-2020

އެލެކްސްއާ ކަލެއާ ތީ އެއްކަހަލަ ދޭތި.


16

ކިނބޫ

27-Dec-2020

އެލެކްސްއާ ކަލެއާ ތީ އެއްކަހަލަ ދޭތި.


-6

ކިނބޫ

27-Dec-2020

އެލެކްސްއާ ކަލެއާ ތީ އެއްކަހަލަ ދޭތި.



ޓްރެންޑިން