މަސްވެރިން ފެލިވަރުގައި އިހުތިޖާޖު ކުރަނީ (ފޮޓޯ- މީސް މީޑިއާ)
މަސްވެރިން ފެލިވަރުގައި އިހުތިޖާޖު ކުރަނީ (ފޮޓޯ- މީސް މީޑިއާ)
‏މަސްވެރިންގެ ކަންބޮޑުވުންތަކަކީ ސިޔާސީކަމެއްގެ ގޮތުގައި މަސްވެރިކަމާއިބެހޭ ވަޒީރު ސިފަކުރައްވައިގެންނުވާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިހެން ވިދާޅުވެފައިވަނީ ‏މަސްވެރިން މިއަދު ފެލިވަރުގައި އިހުތިޖާޖުކޮށް އަޑުއުފުލަމުންދާ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

"‏މަސްވެރިންގެ ކަންބޮޑުވުންތަކަކީ ސިޔާސީކަމެއްގެ ގޮތުގައި މަސްވެރިކަމާއިބެހޭ ވަޒީރު ސިފަކުރައްވައިގެންނުވާނެ. ތޯތޯކަމެއްގެ ގޮތުގައި ދެކި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރުކަންފަތް ދިނުމަކީ ދެރަވަރުކަމެއް. ރައީސް އިބުޞާލިހުގެ ވައުދުތައް ތަންފީޒުކޮށްދެއްވުމަކީ ވަޒީރުގެ ޒިންމާއެއް." މުހުތާޒް ވިދާޅުވެފައިވެއެވެ.

މަސްވެރިން މިއަދު ދަނީ އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރަށް އަޑުއިއްވުމަށްޓަކައި ފެލިވަރުގައި އިހުތިޖާޖު ކުރަމުންނެވެ. އެމީހުން ބުނަމުންދަނީ މަސްވެރިން އަޑު އުފުލަނީ ހަމަ ހަޤީޤަތުގައިވެސް ކަންބޮޑުވުން އިންތިހާއައް ބޮޑުވީމާ ކަމަށާއި ބާނާ މަސްކޮޅު ނުކިރި، ކިރާ މަސްކޮޅަށް ހަމަ އަގު ނުލިބި މަސްވެރިންނާއި މަސްވެރި އާއިލާތައް ބިކަވަމުންދާކަމަށް މިއަދު އަޑު އުފުލަމުންދާ މަސްވެރިންވަނީ ބުނެފައެވެ.



މިއަދުގެ އިހުތިޖާޖުގައި މަސްވެރިން ވަނީ ސަރުކާރަށް ޑިމާންޑް ތަކެއް ކޮށްފައެވެ. އޭގެތެރޭގައި 20 ރުފިޔާއަށް ވުރެ މަސް ކިލޯއެއްގެ އަގު ދަށް ނުވާނެހެން މަސް ގަންނަ އަގު ހިފެހެއްޓުމަށާއި ފަސޭހަކަމާއެކު ފެލިވަރަށް މަސް ކިރޭނެ ގޮތާއި އައިސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ދުވަހުން ދުވަހަށް މަސް ކިރޭނެ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.

އިހުތިޖާޖު ކުރަމުންދާ މަސްވެރިން ބުނަމުން ދަނީ މިސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ބޮޑެތި ވައުދު ތަކެއް ވެގެން ކަމަށާއި އެއިން އެއްވެސް ކަމެއް މިހާތަނަށް ފުރިހަމަ ނުވާ ކަމަށެވެ. ވެރިކަމަށް ދެއަހަރު ވެގެން ދިޔައިރުވެސް ސަރުކާރާއި މިފްކޯއިން އަބަދުވެސް ދައްކަނީ ޕްލޭން ކުރާ ވާހަކައާއި ވަރަށް އަވަހަށް ކަންކަން ތަރައްގީ ކުރާނެ ވާހަކަ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް މިއިން އެއްވެސް މަސައްކަތެއް ފެށިގެން ދިޔަ ތަނެއް އަދި ނަތީޖާއެއްވެސް ނުފެންނަ ކަމުގައި އެމީހުން ބުނެފައި ވެއެވެ. އެމީހުން ބުނެފައިވަނީ މަހަށް ހަމައަގު ހޯދައިދޭން އައިސް މަހުގެ އަގު ދަށް ކުރުން ނޫން ކަމެއް މިސަރުކާރުން ނުކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން