އިންތިޤާލީ އިންސާފުގެ މަސައްކަތް އަދި ފެށިފައި ނުވާކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ޢަބްދުﷲ ގާޒީ ހައްޔަރުކޮށް ސިފައިންގެ އަސްކަރީ މަރުކަޒު، ގިރިފުށީގައި ބަންދުކުރި މައްސަލަ އިންތިގާލީ އިންސާފުގެ ގާނޫނުނުގެ ދަށުން ބެލޭނެ މައްސަލަތަކުގެ ތެރެއަށް ނުފެތޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވުމާއި ގުޅިގެންނެވެ.
"އިންތިޤާލީ އިންސާފުގެ މަސައްކަތް އަދި ނުފެށޭ، މިހާރު މިބުނަނީ ޢަބްދުالله ޤާޟީ ހައްޔަރުކުރި މައްސަލައާއި ތިމަންނާމެންގެ ވެރިކަމުގެ ދުވަސްވަރުގެ އެއްވެސް ކަމެއް އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދާއިރާގެ ތެރެއަށް ނުވަންނާނެއޭ. ކިހާ އިންސާފުވެރި! މިވަރުގެ މީހުން މިތިބެނީ ޤާނޫނު ހަދަން؟" ހައިލަމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވެސް ވަނީ އިމްތިޔާޒް ފަހުމީ މިމައުޟޫގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
"މިއީތޯ މި ބޭފުޅުންގެ ތިލަފަތުގައި އަދުލު އިންސާފަކީ؟ އެއްއިރެއްގައި ވެރިކަމަކުން އަނިޔާ ކުރުމަކީ ތިމާމެން ޗާޓުން ބޭރުން، މީހުންނަށް އަނިޔާކޮށް ޤާނޫނުގެ މައްޗަށް އަރަން އޮތް ހުއްޖަތެއްކަމަށް ބުނުމަކީ ލަދުވެތި ކަމެއް!" އިމްތިޔާޒް ފަހުމީ ޓެގް ކުރައްވާ އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރޭގައި ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދު ރާއްޖޭގެ ވެރި ކަމުގައި ހުންނެވި އިރު ގާޒީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ މަފްހޫމުގެ ތެރެއަށް ފެތޭ ބާވަތުގެ މައްސަލައެއް ނޫންކަމަށެވެ. ސަބަބަކީ އެ ގާޒީއަށް އަނިޔާއެއް ލިބިފައި ނެތުން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު