ޒިދާން މުޙައްމަދު   23 ޑިސެމްބަރު 2020 - 13:50
ހުޅޫމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
ހުޅޫމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
ޕާކިން މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމަށާއި، މިހާރު ހުޅުމާލެއަށް ވެސް އެމައްސަލަ ދިމާވަމުން އަންނަ ކަމަށް ފުލުހުންގެ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ވިދާޅުވެއްޖެއެވެ.

ތަލްހަތު އަހުމަދު މިހެން ވިދާޅުވީ، ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ތަލްހަތު ވިދާޅުވީ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެމަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް މާލޭގައި އެކަނި ވެސް ގާތްގަނޑަކަށް 22 ޕާކިން ޒޯން ހެދިފައިވާ ކަމަށް ތަލްހަތު އަހުމަދު ވިދާޅުވިއެވެ.

ތަލްހަތު ވިދާޅުވީ، މާލޭގައި ވެހިކަލް ޕާކުކުރާނެ ޖާގަ އެބައޮތް ކަަމަށާއި، އަހުލުވެރިވާންވީ ޕާކިން ޒޯންތަކުގައި ޕާކު ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ޕާކިން ޒޯންތަކުގައި ޕާކް ކުރުމަށް އާއްމުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް ޓޯ ކުރުމުގެ އިތުރުން ވެސް ފިޔަވަޅު އެޅުމަށް ބަލާ މިންގަނޑުތަކެއް އަދި ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ގޯޅިތަކުގެ ކަންމަތީގައި ޕާކުރުމާއި، ސްކޫލާއި، މިސްކިތް އަދި އާންމުން ޚިދުމަތް ހޯދުމަށް ދާ ތަންތަނުގެ ގޭޓް ކުރިމަތީގައި ޕާކު ކުރުމާއި، ޒިބްރާ ކްރޮސް މަތީގައި ޕާކު ކުރުމާއި، ކޯނު ނުވަތަ ޕާކު ނުކުރެވޭނެ ކަމުގެ ނިޝާން ހުންނަ ތަންތަނުގައި ޕާކު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ތަލްހަތު ވިދާޅުވިއެވެ.

މިފަދަ ތަންތަނުގައި ޕާކު ކުރުމުން އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ދަތި އުދަނގޫތައް ކުރިމަތިވެ ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް ތަލްހަތު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


8

ޙައްޤުބަސް

27-Dec-2020

ހަމައެއް ލަމައެއްނެތި ސަރުކާރުގެ ކަމާބެހޭފަރާތްތުން ހުއްދަދީގެން، ދުވާލު މީހުން އެކިއެކި ބޭނުންތަކުގައި އެންމެގިނައިން ތަންތަނަށް ދާންޖެހޭ ގަޑިތަކުގައި މަގުތައް ބަންދުކޮށްފައި ހުރުމުން ޢާއްމުންނަށް ވަމުންދާ އުނދަގޫ މާ ބޮޑުތަނުންވެސް ބޮޑުވެފައިވާކަން ސަރުކާރުގެ ކަމާބެހޭ ދަރާތްތަކަށް ނޭނގޭތީ ހައިރާންވެއެވެ. ކަންކަން ރަނގަޅުކުރުމުގެ ބަހަނާގައި ޢާއްމުރައްޔިތުން ތަފާތު ނަންނަމުގައި ކުށްވެރިކޮށް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރަމުންދާއިރު، ތިމާމެންގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ކުރަމުންދާ ބަލާވެރިކަމާއި މުޞީބާތްތަކާމެދުވެސް ވިސްނާލުން މުހިންމުކަމަށް ދެކެން.



ޓްރެންޑިން