މަސްވެރިން ތަހައްމަލް ކުރަމުންދާ ނިކަމެތި ހާލަތުގެ ފުރިހަމަ ޒިންމާ އެމްޑީޕީއިން ނަގަންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ އިއްޔެ މަސްވެރިން ފެލިވަރުގައި އިހުތިޖާޖުކޮށް އަޑުއުފުލަމުންދިޔަ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

"ދިވެހި މަސްވެރި އާއިލާތައް ތަހައްމަލްކުރަމުން މިދާ ނިކަމެތި ހާލަތުގައި ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީއިން. 2012 އިން ފެށިގެން އެމްޑީޕީއިން ރާއްޖެއަށް އާމްދަނީ ވަންނަ މަގުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިދިނުމަށް އެދި ރާއްޖެއިން ބޭރުގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރި." ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.



މިމަހުގެ އެކި ދުވަސްތަކުގައި މަސްވެރިން ބާނާފައިވާ މަސްކޮޅު ނުކިރިގެން ކަނޑުމަތީގައާއި، ފެލިވަރު ފަޅުތެރޭގައި އައިސް އަޅައިގެން އެތައް ދުވަހަކު ތިބެގެންވެސް މަސް ނުކިރުމުން އެމީހުންވަނީ އިޚްތިޖާޖު ކުރަން ފަށާފައެވެ. ނަމަވެސް އަދިވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައެއްނުވެއެވެ. އަދި މަސްވެރިން އިހުތިޖާޖު ކުރަން ފެށުމުން ސަރުކާރުން ޝީލްޑް ދީފައި އެމީހުންނާ ކުރިމަތިލާން ފޮނުވީ ފުލުހުންގެ ފައުޖެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

އިއްޔެ އެއްވި މަސްވެރިންވަނީ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދީ، މަސްވެރިންނަށް ބާނާ މަސް ގަނެވޭނެ ގޮތެއް ހަދައިދީ އައިސް ލިބޭނެ ފަސޭހަ މަގެއް ތަނަވަސް ކޮށްދީ މަހަށް ހަމަ އަގު ދިނުމަށް ގޮވާލާފައެވެ.

މަސް ވެރިން އިއްޔެ ވެސް ފެލިވަރުގައި މުޒާހަރާކޮށް އެމީހުންގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރ ޒަހާއަށާއި، މިފްކޯގެ ވެރިންނާ ހިއްސާ ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން