ކުރީގެ ސަރުކާރުން މިފްކޯ ތަރައްގީކުރިނަމަ އުތުރުގެ މަސްވެރިން މިއަދު ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ފައުޒީ ވާހަކަ ދެއްކެވުމުން މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު އޭނާއަށް ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
މަސްވެރިން އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި މަސްވެރިން ވަނީ މިފްކޯގެ އެމްޑީއާއި ފޯނުން ގުޅައި އެމީހުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. މި ފޯންކޯލްގައި އެމްޑީ ވިދާޅުވަމުން ގެންދެވީ ފެލިވަރު ތަރައްގީ ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި ދާދި އަވަހަށް މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. އަދި މުޅިންވެސް ވިދާޅުވަމުން ގެންދެވީ ކުރީ ސަރުކާރުން މިފްކޯ ތަރައްގީ ނުކޮށް އޮތް ވާހަކައާއި ތަރައްގީ ކޮށްފައި އޮތް ނަމަ މިއަދު މަސްވެރިން ބާނާ މަސް ގަނެވޭނެ ވާހަކައެވެ.
ޖަވާބުގައި މަސްވެރިން ބުނަމުން ގެންދިޔައީ އެވިދާޅުވާ ޕްލޭނެއް ހިއްޕަވައިގެން މަސްވެރިންގެ ގާތަށް ވަޑައިގެންނެވުމަށާއި ކުރީ ސަރުކާރުގެ ވާހަކަ މިސަރުކާރުން ދައްކަން ނުޖެހޭނެ ކަމަށެވެ. މަސްވެރިން ބުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވީ ކުރީ ސަރުކާރުން ނުކޮށްދިން ކަންކަން މަސްވެރިންނަށް ކޮށްދޭން ވަޢުދުވެވަޑައިގެން ކަމަށާއި އެހެންވީމާ ކުރިން ކަމެއް ނުކޮށް އޮވެގެން އެވާހަކަ ދައްކައިގެން ފަރުނުޖެއްސޭނެ ކަމަށެވެ.
މިފްކޯގެ އެމްޑީގެ ވާހަކައަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވެފައިވަނީ، "1953 ވަނަ އަހަރު ސަރުކާރުން މަސްދަޅުގައި މަސްބަންދު ކުރަން ފެށިނަމަ މިފްކޯ ވެސް އުފައްދާކަށް ނުޖެހުނީސް. ރައީސް އިބޫ އަށް ވެރިކަމާއި މުޅި ދައުލަތުގެ ހެއްދެވިހާ ބާރެއް ޖަމާކޮށްދިނީ ކުރީ ސަރުކާރޭ ކިޔަންތޯ؟"
މަސްވެރިން އިއްޔެ ކުރި އިހުތިޖާޖާއި ގުޅިގެން ވާހަކަ ދައްކަވަމުން މިފްކޯގެ މިހާރުގެ އެމްޑީ ކުރީ ސަރުކާރުން ފެލިވަރު ތަރައްގީ ކުރިނަމަ މިއަދު މިހާލަތު ދިމާނުވީސް ކަމަށް ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ.
އިއްޔެ އެއްވި މަސްވެރިންވަނީ ސަރުކާރުން ވަޢުދުވި ކަންކަމުގެ މަތީން ހަނދާން ކޮށްދީ އެއިން އެއްވެސް ވަޢުދެއް ސަރުކާރަށް ދެއަހަރު ވެގެންދިޔައިރުވެސް ނުފުއްދޭ ކަމަށް ބުނެފައެވެ. އަދި އެމީހުން ވަނީ ހައްލު ކުރަން ބޭނުންވާ މައްސަލަތައް ވެސް ސަރުކާރަށް ހުށައަޅައި އެކަންކަން އަވަހަށް ކޮށްދިނުމަށް ގޮވާލާފައެވެ. އެގޮތުން ބާނާ މަސްކޮޅު ދުވަހުން ދުވަހަށް ކިރޭނެ ގޮތް ހަމަޖައްސައި ދިނުމާއި ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމާއި މަހަށް ހަމައަގު ލިބޭނެ ގޮތް ހަދައި ދިނުމަށް މަސްވެރިން އިއްޔެ ޑިމާންޑްކޮށްފައި ވެއެވެ.
މިއިހުތިޖާޖާއި ގުޅިގެން މިފްކޯގެ އެމްޑީ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރީ ސަރުކާރުތަކުން ފެލިވަރު ތަރައްގީކުރިނަމަ މިއަދު އުތުރުގެ މަސްވެރިން ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުނުކުރަން ނުޖެހޭނެ ކަމަށެވެ. ފައުޒީ ވަނީ މި ސަރުކާރުން މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ތަނަކީ ފެލިވަރު ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު