ކ. މަހާނައެޅި ހުރާގައި ތަރައްގީ ކޮށްފައިވާ "ރިހިވެލި ދަ ޑްރީމް" ރިސޯޓުގެ ލައިސަންސް ބާތިލުކުރަން އުޅޭ ކަމަށް ބުނެ އެކަމާއި ދެކޮޅަށް ފްރާންސްގެ އިންވެސްޓަރުން އަޑުއުފުލަން ފަށައިފިއެވެ.
ރިހިވެލި ތަރައްގީކޮށް ހިންގުމަށް 2018 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ސޭވް ދަ ޑްރީމްގެ 55 އިންވެސްޓަރުންގެ ޓީމަކުން 2.7 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވެއެވެ. އަދި އެރަށުގެ ވެރިފަރާތް ކަމުގައިވާ މާހަލް ޓުއާސް އާއެކު އެއްބަސްވުމެއް ހަދައި ފްރާންސްގެ ސޭވް ދަ ޑްރީމް އިން ވަނީ 2042 ވަނަ އަހަރާއި ހަމައަށް އެރަށް ކުއްޔަށް ނަގާފައެވެ.
ނަމަވެސް ފްރާންސްގެ ސޭވް ދަ ޑްރީމުން މާހަލް ޓުއާސް އާއިއެކު ހަދާފައިވާ ފަސްޓް ޑީލް އެގްރީމަންޓާއި މާހަލް ޓުއާސްއިން ހިލާފުވެ ރިސޯޓުގެ ސަބްލީސް ވަނީ ބާތިލްކޮށްފައެވެ. މިކަމާ ގުޅިގެން ސޭވް ދަ ޑްރީމްގެ ފަރާތުން މާހަލް ޓުއާސް އާއި ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދިފައިވަނިކޮށް ޓޫރިޒަމް މިނިސްޓްރީ އިން "ރިހިވެލި ދަ ޑްރީމް" ރިސޯޓުގެ ލައިސަންސް ބާތިލުކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނެ އެފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރިސޯޓުގެ ލައިސަންސް ބާތިލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެކަމާއި ދެކޮޅަށް ފްރާންސްގެ އިންވެސްޓަރުން އަޑުއުފުލަމުން ދާއިރު އިންވެސްޓަރުން ބުނަނީ ރިހިވެލި ރިސޯޓު ހިންގުމަށް 2042 ވަނަ އަހަރާއި ހަމައަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސް ކުއްލިއަކަށް ބާތިލް ކުރަން ޖެހުނު ސަބަބެއް އަދިވެސް ނޭނގޭ ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ދިވެހި ރާއްޖޭގެ ރާއީސް އިބްރާހިމް މުހައްމަދު ސޯލިޙް ވަކާލާތު ކުރައްވަމުން ގެންދަވާއިރު ސަރުކާރުގެ ވުޒާރާއަކުން މިފަދަ އަމަލެއް ހިންގުމަކީ ސުވާލު އުފެދޭކަމެއް ކަމަށްވެސް ފްރާންސްގެ އިންވެސްޓަރުން ދަނީ ބުނަމުންނެވެ.
ހަމަމިފަދައިން ކޮރަޕްޝަނާ ދެކޮޅަށާއި ތިމާވެށި ރައްކާތެރި ކުރުމަށް ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވަކާލާތު ކުރައްވަމުން ގެންދަވާއިރު، ރިހިވެލި ރިސޯޓުގެ ތިމާވެށި ހިމާޔަތް ކުރުމަށް ފްރާންސްގެ ސޭވް ދަ ޑްރީމް އިން ކުރަމުންދާ މަސައްކަތަށާއި، ވީނުވީ އެއްނޭނގި ކޮރަޕްޝަނަށް މަގުފަހިވާ އުސޫލަކުން ރިހިވެލި ރިސޯޓުގެ ލައިސަންސް ބާތިލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރާ މަސައްކަތާ ދެކޮޅަށް ވަކާލާތު ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށް ފްރާންސްގެ އިންވެސްޓަރުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މާހަލް ޓުއާސް އާއިއެކު ހަދާފައިވާ ފަސްޓް ޑީލް އެގްރީމަންޓާއި މާހަލް ޓުއާސްއިން ހިލާފުވެ ރިސޯޓުގެ ސަބްލީސް ބާތިލްކޮށްފައިވާ މައްސަލައިގެ ތަހުގީގުގަށް އެއް އަހަރު ދުވަސް ވެފައިވާއިރު، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން، މި މައްސަލަޔާ ގުޅުން ހުރި މާހަލް ޓުއާސްގެ އެއްވެސް ލިޔެކިޔުމަކުން ކުންފުނީގެ ޝެއާހޯލްޑަރުންނަކީ ކޮންބައެއްކަމެއް ވެސް ފަހުމްވެފައި ނުވާކަމަށްވެސް ފްރާންސްގެ ސޭވް ދަ ޑްރީމްގެ އިންވެސްޓަރުން ހާމަކޮށްފައިވެއެވެ. އަދި މިމައްސަލަ ދިވެހި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާއިރު، އިތުުރު ތަފްސީލެއް ދިނުމެއްނެތި މައްސަލަ ނިންމާލާފައިވާކަމަށްވެސް ފްރާންސްގެ ސޭވް ދަ ޑްރީމްގެ އިންވެސްޓަރުން ހާމަކޮށްފައިވެއެވެ.
މިކަމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ބަހެއް ހޯދާލުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދﷲ މައުސޫމަށް މެސެޖްކޮށް ފޯނުން ގުޅުމުން ވެސް އެމަނިކުފާނު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ސަރުކާރުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

P @ibusolih your message is clear "The government aims to eliminate #corruption and encouraging reporting" @RihiveliDream, 55 EU investors #reporting with proofs. @MoTmv wants to cancel our licence? How is it possible to report corruption? @MohamedNasheed @cnm_mv @Mihaarunews pic.twitter.com/7ohJ5QCLgn
— Kty Kalb (@KtyKalb) December 22, 2020
މީގެ އިތުރުން މާހަލް ޓުއާސް އާއިއެކު ހަދާފައިވާ ފަސްޓް ޑީލް އެގްރީމަންޓާއި މާހަލް ޓުއާސްއިން ހިލާފުވެ ރިސޯޓުގެ ސަބްލީސް ބާތިލްކޮށްފައިވާ މައްސަލައިގެ ތަހުގީގުގަށް އެއް އަހަރު ދުވަސް ވެފައިވާއިރު، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން، މި މައްސަލަޔާ ގުޅުން ހުރި މާހަލް ޓުއާސްގެ އެއްވެސް ލިޔެކިޔުމަކުން ކުންފުނީގެ ޝެއާހޯލްޑަރުންނަކީ ކޮންބައެއްކަމެއް ވެސް ފަހުމްވެފައި ނުވާކަމަށްވެސް ފްރާންސްގެ ސޭވް ދަ ޑްރީމްގެ އިންވެސްޓަރުން ހާމަކޮށްފައިވެއެވެ. އަދި މިމައްސަލަ ދިވެހި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާއިރު، އިތުުރު ތަފްސީލެއް ދިނުމެއްނެތި މައްސަލަ ނިންމާލާފައިވާކަމަށްވެސް ފްރާންސްގެ ސޭވް ދަ ޑްރީމްގެ އިންވެސްޓަރުން ހާމަކޮށްފައިވެއެވެ.
މިކަމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ބަހެއް ހޯދާލުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދﷲ މައުސޫމަށް މެސެޖްކޮށް ފޯނުން ގުޅުމުން ވެސް އެމަނިކުފާނު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ސަރުކާރުގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު