އެމްއެންޑީއެފް ކޯސްޓް ގާޑު
އެމްއެންޑީއެފް ކޯސްޓް ގާޑު
މަހަށް ގޮސް އުޅެނިކޮށް ކަނޑަށް ވެއްޓުނު ދިވެއްސަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިޔަރު ހަމަލާދިނީ ޅ. ފާދޫ ބޮއި ކައިރިއަށް މަހަސް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓުނު 40 އަހަރުގެ މީހަކަށް ކަމަށެވެ.



އޭނާ ވަނީ އަވަސް ފަރުވާއަށް ޅ. ނައިފަށް ގެންގޮސްފައެވެ. އަދި މިހާރު ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަ ގެންދެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:36 ގައި ކަމަށެވެ.

މި ހާދިސާގައި ޒަޚަމްވި މަސްވެރިޔާގެ ފައިގެ މައިނާރު ޒަޚާމްވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން