ޖޭޕީގެ ބައްދަލުވުމެއްގައި އަހުމަދު ސައުދު
ޖޭޕީގެ ބައްދަލުވުމެއްގައި އަހުމަދު ސައުދު
ގާޒީކަން ނުވަތަ ފަނޑިޔާރުކަން ކުރަށްވާ ބޭފުޅުން މަގާމުން ވަކިކުރުމުން ނުވަތަ އަމިއްލައަށް އިސްތިއުފާދެއްވައި މަގާމުން އެކަހެރިވެ ސިޔާސީ ވުމުން އޭނާގެ މާޒީއާއެމު ރައްޔިތު މީހާ ސުވާލު އުފައްދާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކިތަންމެ ކުޑަ ކުއްޖަކަށް ވެސް ބޮޑު މީހަކަށް ނަސޭހަތް ދެވިދާނެ ކަމަށެވެ. އެއަށްފަހު އޭނާ ވަނީ ފަނޑިޔާރުންނަށް ހާއްސަކޮށް ނަސޭހަތެއް ދެއްވާފައެވެ.

ސައުދު ވިދާޅުވީ، ފަނޑިޔާރުންނަކީ އަބުރުވެރި، ގަދަރުވެރި އަދި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ބައެއް ކަމަށެވެ. އަދި މިއަދު މަގާމުން ވަކިވި ނަމަވެސް، މާދަމާ ވެސް އެ މަގާމު ފުރުއްވަން ތިބީ އެބޭފުޅުން ކަމަށެވެ. އެހެންކަމުން ފަނޑިޔާރުން ސިޔާސީ ޕަޕެޓުންނަށް ނުވުމަށް ސައުދު ވަނީ އިލްތިމާސްކުރަށްވާފައެވެ.

ފަނޑިޔާރުންންކީ ވަކި ބަޔަކު ބުނީމާ ބުނާ ގޮތް ހަދަން ތިބި ބައެއް ނޫން ކަމަށް ވިދާޅުވެ، ސައުދު އިތުރަށް ވިދާޅުވީ، ފަނޑިޔާރުން ވާންޖެހޭނީ ރައްޔިތުންނަށް އިންސާފު ހޯދައިދޭ ބަޔަކަށް ކަމަށެވެ. އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެއްޖެ ނަމަ ސިޔާސީ ފާޑުކިޔުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދު އިތުރަށް ވިދާޅުވީ، އޭރު ވެސް މިހާރު ވެސް އެދިވަޑައިގަންނަވާ ކަމަކީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުން ކަމަށެވެ.

ޖޭޕީގައި އިސް ދައުރެއް އަދާކުރަށްވާ ސަޢުދު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ކުރީން ރާއްޖޭގައި ފަނޑިޔާރުކަން ކުރަށްވާފައި އެކި ކަންކަމާއި ގުޅިގެން އެ ދާއިރާއާއި ވަކިވެވަޑައިގެންފައި ތިއްބެވި ބައެއް ބޭބޭފުޅުން ގެންދަވަނީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރިވެ ވަޑައިގެން ސިޔާސީ ގޮތުން ވެސް އެކިއެކި ޚިޔާލުތައް ފާޅުކުރަށްވައި އެކި ފަރާތްތަކަށް ރައްދުވެސް ދެއްވަމުންނެވެ. މިފަދަ ބޭފުޅުންގެ ތެރޭގައި ކުރީގެ އުއްތަމަފަ ފަނޑިޔާރާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން