‏‏ފިޤްހީ މައްސަލަތަކުގެ ތެރޭގައިވެސް ކުރުކޮށް ޖަވާބުދެވޭ ކަހަލަ މައްސަލަހުންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވެފައިވަނީ ފިޤްހީ މައްސަލަތަކުގެ ޙައްލު ޓްވީޓަކުން ދެއްވުމަކީ ޝަރުޢީ ކަންކަމުގައި ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެފައިވުމާ ވުޅިގެންނެވެ. ފާއިޒު މިހެން ވިދާޅުވީ ޑީއެންއޭ ތަހުލީލު ބޭނުންކޮށަ ޝަރުޢީ ގޮތުން ބަފާ ސާބިތު ނުކުރެވެންވީ ސަބަބެއް ނެތް ކަމުގައި ވިދާޅުވުންނެވެ.

"ފިޤްހީ މައްސަލަތަކުގެ ތެރޭގައިވެސް ކުރުކޮށް ޖަވާބުދެވޭ ކަހަލަ މައްސަލަހުރޭ. އެފަދަ މައްސަލަތަކުގައި ޓުވީޓުން ޖަވާބު ދިނުމަކީ ޢާންމުންނަށް އޮޅުންއަރާކަމަކަށް ވާކަށެއްނުޖެހޭ." ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ރައީސް މައުމޫނަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވަނީ، ފިޤްހީ މައްސަލަތަކުގެ ޙައްލު ޓްވީޓަކުން ދެއްވުމަކީ ޝަރުޢީ ކަންކަމުގައި ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއްކަމަށެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރްއުގައި އަންގަވާފައި އޮތުމަކީ އެ ނޫން ގޮތަކަށް އެކަން ދެނެގަތުން މަނާ ކުރާކަމެއް ނޫން ކަމަށެވެ.

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެކަމަށް ހައިކޯޓުން ކުރި ޙުކުމަކަށް ޕީޖީ ޝަމީމް ޢިލްމީ ނަޒަރިއްޔާތުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ބައެއް ފަރާތްތަކުން ޝަމީމަށް ފާޑު ކިޔަމުން ގެންދިޔަ ނަމަވެޒަ ރައީސް މައުމޫން ވަނީ ޕީޖީ ޝަމީމްގެ ވާހަކަތަކަށް ތާޢީދު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން