ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން
ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ބިދޭސީއަކު ހަމަޖެއްސުމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ޢަލީ ހުސައިން ވިދާޅުވީ، ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު އަދާކުރެވޭނެ ދިވެހިން ތިބޭނެ ކަމަށެވެ.

"މި ވަޒީފާ އަދާކުރެވޭނެ އެތަކެއް ދިވެހިންނެއް ތިބޭނެ." އެ މަގާމަށް ބިދޭސީއަކު އައްޔަން ކުރި ޚަބަރު ރިޓްވީޓް ކުރައްވަމުން ޢަލީ ހުސައިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނީ ނުރުހުން ފާލުކޮށް ސަރުކަރަށް ފާޑުކިޔަމުންނެވެ. އެގޮތުން، ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢާންމު ރައްޔިތުން އުމުރު ހުސްކޮށްގެން ޖަމާކުރާ ފައިސާކޮޅު މެނޭޖުކުރާ ޕެންޝަން އޮފީހަށް ދިވެހި ސީއީއޯއެއް މި ސަރުކާރަށް ނުހޯދުނުކަމީ ލަދުވެތިކަމެއް ކަމަށެވެ. އަދި ދިވެހިންގެ ކަންކަމުގައި ގޮތް ނިންމަންވާނީ ދިވެހިންކަމަށް ވެސް އަފޫ ވިދާޅުވިއެވެ.



ޕެންޝަން އޮފީހުން އިއްޔެ ޢާންމުކުރި ބަޔާނެއްގައި ބުނީ އެ އޮފީހުގެ ސީއީއޯއަކަށް ހަމަޖެއްސި އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް އަކީ އިންޝުއަރެންސްާއި، ޕެންޝަންގެ ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

ފެންޝަން އޮފީހުގެ ތާރީޚަށް ބަލާއިރު، އެ އޮފީސް ވުޖޫދުވުމާ ހަމައިން ހުސްވި އަހަރުގެ ޑިސެމްބަރާ ހަމައަށް ސީއީއޯގެ މަޤާމުގައި ހުންނެވީ ދިވެހި ބޭފުޅެކެވެ. އެއީ މުޙައްމަދު ޙުސައިން މަނިކެވެ. ސީއީއޯގެ މަޤާމު ހުސްވީ މުޙައްމަދު ޙުސައިން މަނިކު ރިޓަޔާ ކުރެެއްވުމުންނެވެ. ޑްރިންޑަލް ޢައްޔަންކުރެއްވުމާއި ހަމައަށް ސީއީއޯގެ މަޤާމު ފުރުއްވީ ވަގުތީ ސީއީއޯ ފާޠިމަތު ސުޖާތާ ހަލީމެވެ.

މިއީ އެ އޮފީހުގެ ސީއީއޯ ބަދަލުވި ފުރަތަމަ ފަހަރެވެ. އަދި އެ އޮފީހަށް ބިދޭސީ ސީއީއޯއަކު އަންޔަންކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

ދާދިފަހުން އެއަރޕޯރޓް ކުންފުންޏަށް ހަމަޖެއްސި ސީއީއޯ އަކީ ވެސް ބިދޭސީ އިނގިރޭސި އެކެވެ. ދިވެހި ޤައުމީ ބޭންކްގައި ކުރިން ހުރި ބިދޭސީ ސީއީއޯ މަގާމު ދޫކޮށްލާފައި ވަޑައިގެންނެވުމުން ވެސް އެމަގާމު ދެއްވީ ބިދޭސީ އަކަށެވެ. މި މަގާމުތަކަށް ބިދޭސީން އައްޔަން ކުރީ ނޫނީ އެ ވަޒީފާތައް ފަރަންޖީންނަށް ދިނީ އެމަގާމު ތަކަށް އެކަށީގެންވާ ދިވެހިން ނުލިބިގެން ކަމެއް ސަރުކާރަކުން ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޙހހހހ

28-Dec-2020

ނެތިގެންތަ މި އުޅެނީ. މިއުޅެނީ ވައުދު ފުއްދަން



ޓްރެންޑިން