ރާއްޖޭގެ ރިސޯޓެއަ ކަމަށްވާ ކުރެންދޫ އައިލެންޑް ރިސޯޓް
ރާއްޖޭގެ ރިސޯޓެއަ ކަމަށްވާ ކުރެންދޫ އައިލެންޑް ރިސޯޓް
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 40،000 ވުރެ ގިނަ އެނދު މިހާރު އޮޕަރޭޓްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ އަޕްޑޭޓްސް ދައްކާގޮތުން ޑިސެމްބަރ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 489 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 40,185 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 139 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 32,380 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ޑިސެމްބަރ މަހުގެ ނިޔަލަށް އިތުރު ތިން ރިސޯޓެއް ހުޅުވައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 412 އެނދު އިތުރުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރެެވެ.

މީގެ އިތުރުން ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 10 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާ ތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,186 އެނދެވެ. އަދި 130 ސަފާރީއެއްގައި 2,521 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 10 އަތޮޅެއްގެ 33 ރަށެއްގައި މިހާރު 210 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 4,098 އެނދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން