ނޫ އިގްތިސާދުގެ ސަޅި ކަމަކީ ބޭރުމީހުންނަށް ޑޮލަރުން މުސާރަ ދިނުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ ޕެންޝަން އޮފީހުގެ ސީއީއޯ ކަމުގެ މަގާމަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ހަމަޖެއްސުމާއި ގުޅިގެން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތް ކުރަށްވައެވެ.

"ރައީސް ޔާމީންގެ ޒަޢާމަތުގައި، އެއާޕޯޓް ހިންގަވަން ހުންނެވީ ދިވެއްސެއް، ޕެންޝަން އޮތޯރިޓީ ހިންގަވަން ހުންނެވީ ދިވެއްސެއް، ދިވެއްސަކަށް ވީތީ ފަހުރުވެރިވަން. ނޫ އިގްތިސާދުގެ ސަޅިކަމަކީ، ޑޮލަރު މުސާރަ ބޭރުމީހުންނަށް، މަތީ މަގާމުތައް ބޭރުމީހުންނަށް، ލަދު." ޝުޖާއު ވިދާޅުވެފައިވެއެވެ.

ޕެންޝަން އޮފީހުން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީހުގެ ސީއީއޯގެ މަގާމަށް ޖޯން ގްރިންޑަލް ނަމަކަށް ކިޔާ ބިދޭސީއަކު ހަމަޖައްސާފައިވާ ކަމަށެވެ. އޭނާއަކީ އިންޝުއަރެންސާއި، ޕެންޝަން ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ މީހެއް ކަމަށް ވެސް އެއޮފީހުން ބުނެފައި ވެއެވެ.



‏މިމައްސަލައިގައި ފާޑުވިދާޅުވަމުން ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ތަޢުލީމީ ޤާބިލު ތަޖުރިބާހުރި ދިވެހި ޒުވާން ވިސްނުން ދޫކޮށް، ބޭރުގެ ފަރާތްތައް ރާއްޖޭގެ އިޤުތިޞާދީ މުއައްސަސާތަކަށް ޢައްޔަންކުރަމުންދާ ދިއުމާމެދު އަޖައިބުވާ ވަރުގެ ކަމެއް ކަމަށެވެ.

މި މަގާމުގެ އިތުރުން ވެސް ރާއްޖޭގެ މާލީ އަދި އިޤްތިޞާދާ ގުޅުންހުރި މުއައްސަސާ ތަކުގެ އެންމެ އިސް ވެރިންގެ ގޮތުގައި މިފަހަކަށް އައިސް ބިދޭސީން އައްޔަން ކުރަމުން ގެންދާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލިޑިވްސްއާއި، ރާއްޖޭގެ މައި ވައިގެ ދޮރާށި ހިންގާ ބަލަހައްޓާ އެއަރޕޯޓް ކުންފުނި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން