އިސްލާމްދީނާއި ބީރަށްޓެހި މުންކަރާތްތަކުން ދުރުހެލިވުމަކީ ދިވެހިން ސަމާލުކަންދޭންޖެހޭ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނަސާރާއިން ފާހަގަކުރާ ކްރިސްމަސްޑޭ ގެ ތަހުނިޔާ ފޮނުއްވުމާ ގުޅިގެންނެވެ. މިހާރު ފާހަގަ ކުރަމުންދާ ކްރިސްމަސް އީދުގެ މުނާސަބަތުގައި އެދުވަސް ފާހަގަ ކުރަމުން ގެންދާ ފަރާތްތަކަށް ރައީސް ނަޝީދު ދުވަހުގެ ތަހުނިޔާ ދެންނެވުމުން ބައެއް ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ރައީސް ނަޝީދު ނޫނަސް ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ބައެއް ލީޑަރުން ގެންދަވަނީ މި މުނާސަބަތުގައި ތަހުނިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

"ދިވެހިރާއްޖެ އަކީ 100% މުސްލިމް ގައުމަކަށް ވާތީއާއެކު، އިސްލާމްދީނާއި ބީރަށްޓެހި، މުންކަރާތްތަކުން ދުރުހެލިވުމަކީ ދިވެހިން، ޚާއްޞަކޮށް ޒުވާނުންނާއި ބެލެނިވެރިން ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަމެއް. ދުއާ އަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރި ކުރެއްވުން." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

"ކްރިސްމަސް" ފާހަގަކުރުން ފަދަ ޣައިރު ދީންތަކުގެ އިޙްތިފާލުތައް ފާހަގަކުރުމަކީ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު އަދި ނޭނގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ ޢަމަލުތަކެއްކަމަށް ވީހިނދު، އެފަދަ ކަންކަމުން ދިވެހި އުންމަތުގެ އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން ދުރުވެ ރައްކާތެރިވެ ތިއްބެވުމަށް، ރާއްޖޭގެ ގިނަ އަދަދެއްގެ އިސްލާމް ދީނުގެ ޢިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ "ޢިލްމުވެރިންގެ ގުޅުން" ކޯލިޝަނުންވެސް ވަނީ ދާދިފަހުން އިލްތިމާސް ކޮށްފައެވެ. އަދި ރާއްޖޭގެ ރިސޯޓު ތަކުގައި ކްރިސްމަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތް ތަކުގައި މުސްލިމް މުވައްޒަފުން ބައިވެރި ނުވުމަށް ވެސް ރާއްޖޭގެ އިސްލާމް ދީނުގެ ބައެއް ޢިލްމުވެރިން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން