ރާއްޖެއަށް ކޮވިޑް-19 ގެ ވެކްސިން ހޯދުމާގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީސް މެދުވެރިކުރައްވައި، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އަދަނޮމް އާއި އެ ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުގެ ރީޖަނަލް ޑިރެކްޓަރ ޑރ.ޕޫނަމް ސިންހް އާއިއެވެ.
ނަމަވެސް، މަޝްވަރާތަކުގެ އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރައްވައެވެ.
އަންނަ އަހަރުގެ ފުރަތަމަ ކްއާޓާގައި ރާއްޖެއަށް ކޮވިޑް-19 ވެކްސިން ފުރަތަމަ ޝިޕްމަންޓް ލިބި، ވެކްސިން ޖަހަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މާލެއާއި އަތޮޅުތަކުގައި ވެކްސިން ޖަހާނެ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އެޗްޕީއޭއާއި، ކައުންސިލްތަކާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް މެދުވެރިކޮށް އަންނަނީ މިހާރު ކުރަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޮވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު