ތިނަދޫ އިސްލާމިކް ސެންޓަރަކީ ރައީސް ޔާމީން ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ، އައިޔޫއެމަށް ދެއްވާފައިވާ ތަނެއް ކަމަށް އައިޔޫއެމްގެ ފުރަތަމަ ޗާންސްލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ ރ. އުނގޫފާރު އިސްލާމިކް ސެންޓަރ އިމާރާތްކޮށް ނިމުނުތާއެއް އަހަރު ވެއްޖެ ކަމަށާއި އެތަން އިމާރާތް ކުރުމަށްފަހު ބޭނުންނުކޮށް ބެހެއްޓުމުގެ ސަބަބުން ވީރާނާ ވަމުންދާ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.

"ތިނަދޫ އިސްލާމިކް ސެންޓަރ ވެސް ހަމަ އެފަދަ. ރާއްޖޭގައި ބިނާކޮށްފައިވާ އިސްލާމިކް ސެންޓަރތައް އިސްލާމިކް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިންގަން އައިޔޫއެމްއަށް ހަވާލުކުރަންޖެހޭ. ތިނަދޫ އިސްލާމިކް ސެންޓަރ އަކީ ރައީސް ޔާމީން އައިޔޫއެމް އަށް ދެއްވާފައިވާ ތަނެއް. ލެޓަރ ވެސް އޮންނާނެ އައިޔޫއެމްގަ. އުނގޫފާރު ސެންޓަރ ވެސް އައިޔޫއެމް އަށް ދެއްވަންޖެހޭ." ޑރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި ބިނާކުރެއްވި އިސްލާމީ މަރުކަޒުތައް މި ސަރުކާރަށް 2 އަހަރު ވެގެންދިޔައިރު ހުޅުވާފައިނުވާއިރު، މާލޭގައި ސަޢޫދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން ބިނާކުރެއްވި ސަލްމާން މިސްކިތްވެސް ހުޅުވާފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން