ޣައްސާން މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ
ޣައްސާން މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖޭގައި ހުރި ދީނާއި ޚިލާފް ކަންތައްތަކާއި، ބޮޑެތި ކުށްތައް ހުއްޓުވައި ރާއްޖެއަށް ތަރައްޤީ ގެނެސްދެވޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމިނަށް ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.

"ވިސްނާ"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި އިދޮކޮޅު ޕާޓީތަކުން ބޭއްވި ބޮޑު އެއްވުމެއްގައި ވާހަކަަދައްކަވަމުން ޣައްސާން ވިދާޅުވީ ރާއްޖެ މިހާރު މިދާ މިސްރާބަށްދާން ދޫކޮށްލައިފިނަމަ، ކުރިއަށް އޮތް ދިގު ތާރީޚުގައި ވެސް އަރައިނުގަނެވޭފަދަ އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެކަމަށެވެ. ޣައްސާން ވިދާޅުވީ މިއިން ޒަމާނަކު ވެސް ރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުވެ ބިކަނުވާހައި ދަރަޖައަށް ވެއްޓި ނިކަމެތިވެފައިވާކަމަށެވެ.

މީގެ އިތުރުން އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުން އެއްވެސް ވަޢުދެއް ފުއްދަވައި ނުދެއްވެވުނުކަމަށް ވިދާޅުވެ، ޣައްސާން ވިދާޅުވީ ރައްޔިތުންގެ ޢާންމު ޒަރޫރީ ބޭނުންތައް ނުފުދި ނިކަމެތިވަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށެވެ. އަދި މިކަންކަން ބަދަލު ކުރެވޭނީ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވެވޭފަދަ ބޭފުޅަކު ޤައުމުގެ ހުންގާނުގައި ހުންނަވައިގެންކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ބޭފުޅަކީ އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް އިރުމަތިންނާއި، ކުރިމަތިންނާއި، އަރިމަތިން ވެސް ފެންނަން ހުރި ތަރައްޤީތައް ރާއްޖެއަށް ގެނެސްދެއްވާފައިވާ "ތަރައްޤީގެ ބާނީ" ރައީސް ޔާމިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން