ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުންތަކެއް ހިންގި ހަރަކާތް
ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުންތަކެއް ހިންގި ހަރަކާތް
ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެއްޖިންސުން ގުޅުން ހިންގަން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

"ރަސް އޮންލައިން"އަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނުކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ރޭ 19:43 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީއާއި މައްސަލައިގެ ބާވަތުން އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައަކީ ރާއްޖޭގައި އާންމު ވަމުން އަންނަ ނުރައްކާތެރި މައްސަލެކެވެ.

ނަމަވެސް، މިފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅުތައް އެޅި އެކަށީގެންވާ ބާރުމިނުގައި އިންސާފު ލިބެމުން ނުދާ ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ. ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބުނަނީ އެފަދަ މައްސަލަތަކުގައި އިންސާފު ނުލިބި ދިގުދެމިގެންދަނީ އިންސާފާއި ހަމައަށް ވާސިލުވާން ދަތީ އެކަމުގައި ކަޑައްތު ކުރަންޖެހޭ މަރުހަލާތަކުގައި ވެސް މައްސަލަތައް ހުރުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން