އެންމެ ފަހުން ޑރ. މުހައްމަދު އިޔާޒުގެ ހަމަލާ ރައީސް ޔާމީނަށް އަމާޒުވުމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހެޔޮ ނަސޭހަތެއް ދެއްވަފިއެވެ.

މިހާރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޢަބްދުﷲ ޔާމިނަށް ނިސްބަތް ކުރަށްވައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ގައުމު އިސްލާހްކުރަން ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައިގެންނެވީމާ އެކަން ނުކުރަށްވައި މުސްކުޅި ބޭބެއާއި ތިމާއަށް ހެޔޮއެދޭ އެންމެން ޖަލަށް ލައި، އާންމުކޮށް "ބެގް ބްރޯ އޯ ސްޓީލް" ގެ ސިޔާސަތު ފެތުރުމަށް އުޅުއްވީމާ ވީ ގޮތް ކަމަށެވެެ. އަދި ހަގީގަތް އޮޅުވާ ނުލައްވާ އެކަން ގަބޫލުކުރެއްވުމަށް ޑރ. އިޔާޒު ވިދާޅުވެފައި ވެއެވެ.

މިކަމަށް ރައްދު ދެއްވަމުން ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ޖަލުގައި ބަންދުވެފައި އޮތް މީހަކާއި ދިމާއަށް މިނިވަން ހާލަތުގައި ހުރި މީހަކު އެއްޗެހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގައި ވެސް އައިބު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ. އަދި ޓުވިޓަރގައި މީހުންނަށް އެއްޗެހި ގޮވުން ހުއްޓާލައި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށެވެ.



މީގެއިތުރުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ "ބައިގަނޑު ގިނަކޮށް" އެމީހުން ނެރެގެން ކުރާނެ ވަކި ކަމެއް ނޯންނާނެކަން މިހާދިސާއިން ވަރަށް ސާފު ކަމަށާއި ހައްލަކީ ތައުބާ ވުން ކަމަށެވެ. ޑރ. އިޔާޒު މިވާހަކަ ޓްވީޓް ކުރަށްވާފައިވަނީ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ގެ ހަދީޘް ބަސްފުޅަކާ ވެސް އެކުގައެވެ.

ޑރ އިޔާޒްގެ ވާހަކައަށް ގިނަ ބަޔަކު ދަނީ ރައްދު ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-15

ނަޝީދުގެ ދަރި ކަޅޭ

30-Dec-2020

ތިމާގެ ގޮތެއްފޮތެއް ނެތުމާއި އަޚްލާގު ހުތުރުކަމުގެ ޒިންމާ ތިމާ އުފުލަބަލަ އަނގަ ފުޅަ. ދުނިޔެއަށް އިރުއަރާ ކޮންމެ ދުވަހަކު މި ހަސަދަވެރިޔާ ކޮންމެސް ބަޔަކަށް ނޫނީ މީހަކަށް ހަޑިހުތުރު އެތިވަރު ގޮވުން ނޫންކަމެއް ނުކުރޭ. މިމީހާއެކޭ ނަޝީދެކޭ ތަފާތެއް ނެތް. ޝަހީމު ވިދާޅުވީ ރަނގަޅަށް.


11

ކަޅުބެ

30-Dec-2020

ކަލޭ ނޫން އެންމެން ތައުބާވެއްޖެ މިލަ ޑރ. ކަލޭ ތައުބާވަނީ ކޮންއިރަކުތަ? ފުރަތަމަ ގައިން ތާހިރުވެބަލަ. ފޮޓޯއެއް ފެނުނަސް ދުވަނީ ކުނިވަސް.


4

އެލެސެކުސް

30-Dec-2020

ގިޔާޒް ލަދެއް ހަޔާތެއް ނުގަނޭގެ. ތިލާދީނީ އެމްޑީޕީ ފަހަތައް އަރާ ތިއޮތީ. މިހާރު ދެން ކީކޭ ތިކި ޔަނީ. ދެން ގޮވޭނީ މޮޔަ. ތިތިބީ ދެފަޔަތް ގޮރު ހެނޑިފަ. ތިމެމްޑީޕީ . މިގައުމުގެ ވެރިކަމައް ގެނެސް ގެން. ދީނޭ ކިޔައިގެން އަގަ ނުތަޅާ ދެން.


1

ވިސްނޭމީހާ

29-Dec-2020

އިޔާޒުއަކީ ދީނީ ޢިލްމުވެރިއެއްތޯ ނުވަތަ ސިޔާސީ މީހެއްތޯ ސުވާލު އުފެދޭ! މީހުނަށް ފުރައްސާރަކޮށް ޖެއްސުންކުރަމުންދަނީ ތަންދޮރު ނުދަންނަ ޖާހިލުމީހުން،


-11

މުފީދު ރަސީދު

28-Dec-2020

ލާދީނީ ބައިގަޑެއް ވެރިކަމަށް ގެނެސް މުޅިޤައިމު ފަސާދަކުރަމުން ދާއިރު މިވެރިކަން ހިފެހެއްޓުމަށް ހުންނެވި ޑރ . ޢިޔާޒު ޖަވާބުދާރި ވާންޖެހޭ ދުވަހެއް އަންނާކަން ޔަޤީން.


3

ކކަމަނަ

28-Dec-2020

އިޔާޒްމެން ދައްކާ ވާހަކަ ގަބޫލު ކުރާނެ ބަޔަކުނެއް.އަމަލާ ބަހާ ދިމާނުވޭ.މިނޫނަސް ދުވަހެއް އަންނަން އޮތްކަން ހަނދާން ކުރިއްޔާ މާ ރަނގަޅުވާނެ.


10

މީމު

27-Dec-2020

އިޔާޒުގެ ވާހަކައަކީ %100 ވާހަކައެއް! މިކަމާ ރާއްޖޭގެ ގިނަބަޔަކު ހަމަ ގިނަ ބަޔަކު އެއްބަސްވާނެ!


3

ޞ

27-Dec-2020

މިފަހަރު ޑރ. އިޔާޒުވިދާޅުވީ ހަމަރަނގަޅު ވާހަކައެއް ޝަހީމުއަށް ހަޖަމުނުވިޔަސް



ޓްރެންޑިން