ޒިދާން މުޙައްމަދު   27 ޑިސެމްބަރު 2020 - 16:46
ލަކުޑި ސޭޓު
ލަކުޑި ސޭޓު
ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ލަކުޑީގެ ވިޔަފާރިކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް) މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

މިއަދު ހެނދުނު ނިޔާވި ލަކުޑި ސޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ ބޭފުޅެކެވެ. އޭނާއަކީ ޖޭޕީގެ ކައުންސިލް މެމްބަރެއް ވެސް މެ އެވެ.

އިބްރާހިމް ހަސަން ނިޔާވި އިރު އަނބިކަނބަލަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

އޭނާގެ ހަށިގަނޑު މި ވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުން ދަނީ ހިތާމަ ފާޅުކޮށް ތަޢުޒިޔާ ފޮނުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން