ރައިސް ނަޝީދާއި މައުމޫން ސެލްފިއެއް ނަންގަވަނީ
ރައިސް ނަޝީދާއި މައުމޫން ސެލްފިއެއް ނަންގަވަނީ
ކްރިސްމަސް ފާހަގަ ކުރަމުން ގެންދާ ފަރާތްތަކަށް ރައީސް މުހައްމަދު ނަޝީދު ތަހުނިޔާ ވިދާޅުވުމުން ރާއްޖޭގެ އިސްލާމްދީނުގެ ބައެއް ޢިލްމްވެރިން ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ސިފަ ކުރަށްވާފައި ވަނިކޮށް ރައީސް ނަޝީދުގެ ދިފާޢުގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވައިފިއެވެ.

ނަޞާރާއިން ފާހަގަކުރާ ކްރިސްމަސް އީދުގެ މުނާސަބަތުގައި އެދުވަސް ފާހަގަ ކުރަމުންދާ ފަރާތްތަކަށް ތަހުނިޔާ ދަންނަވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެން އެމަނިކުފާނަށް އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރަށް ތާއީދު ކުރަށްވާ އިސްލާމްދީނުގެ ޢިލްމުގެ ބައެއް އިލްމްވެރިންނެވެ. އޭގެތެރާގައި އެންމެ ފާހަގަ ކުރެވެނީ ޑރ. އިޔާޒާއި ޝައިޚް ޒައިދާއި ޝައިޚް އިލްޔާސް ހުސައިނެވެ.

ރައީސް ނަޝީދަށް ނިސްބަތްކުރަށްވައި ޑރ. އިޔާޒް ވިދާޅުވީ، ތިމާ ނިސްބަތްވާ ޕާޓީ ނޫން މީހަކު ކަމަކު އެދިއްޖެ ނަމަ ތިމާގެ ހުރި ނުލަފާކަން ދައްކާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށާއި، އަދި ޕާޓީ މީހުންނަށް ދިނުމަށް ފަހު ނޫނީ އެހެން މީހުންނަށް ނުދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުއްވުމަކީ، އެމަނިކުފާނުގެ މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ނަޝީދަކީ އިސްލާމްދީނުގެ ޢަދުއްވެއް ކަން އެކަމުން އެނގިގެންދާ ކަމަށާއި، ދިވެހި ރައްޔިތުން ރައީސް ނަޝީދުގެ ނުރައްކަލާމެދު ސަމާލުވާން ޖެހޭ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ކީރިތިޤުރްއާނުގައި އަންގަވާފައިވާގޮތުގައި ޣައިރުމުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ މާތްﷲ ނަހީކުރައްވާފައިވާ ކަމެއްނޫން." ކްރިސްމަސް ފާހަގަކުރާ ފަރާތްތަކަށް ރައީސް ނަޝީދު ތަހުނިޔާ ފޮނުއްވުމާއި މެދު އިސްލާމްދީނުގައި އޮތް ގޮތް ހާމަ ކުރަށްވަމުން ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.



ރައީސް ނަޝީދަށް ނިސްބަތް ކުރަށްވައި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންގެ ގޮތުގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާ ޑރ. އިޔާޒު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އެމްޑީޕީގެ އިސް ބޭބޭފުޅުން ވެސް ގެންދަވަނީ ހޫނު ރަށްދުތައް ދެއްވަމުންނެވެ.

އެގޮތުން ތަފްސީރު ޢިލްމުވެރިޔާ ޑރ އިޔާޒް ގޯހެއް ހައްދަވައި ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ވެސް އާޒިމް ވަނީ އިސްލާމް ދީނުގެ އެކި ލިއުންތަކުގެ ހެކީގައި ރައީސް ނަޝީދު ދިފާޢު ކުރަށްވައި އިޔާޒަށް ރައްދުދެއްވާފައެވެ. އަދި އިޔާޒުވެސް ގެންދަވަނީ ކުޑަވެސް ދުލެއް ނުދެއްވައި ތަކުރާރުކޮށް ރައީސް ނަޝީދަށާއި ރައީސް ނަޝީދަށް ތާއީދު ކުރަށްވާ ފަރާތްތަކަށް ފާޑުވިދާޅުވެ ދީނީ ގޮތުން ރަށްދު ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން