މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ބޭރުގެ އަދުއްވުންގެ ބައިވެރިވުމާ އެކު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރާނަ ދުއްވާލަން އުޅުނު ކަމުގެ އިންޓެލިޖެންސް ރިޕޯޓް ލިބިފައިވާކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ "ވިސްނާ" ގެ ނަމުގައި އިދިކޮޅު ޕާޓީތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އެމަނިކުފާނު ފުރާނައަށް ގެއްލުން ދިނުމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއިން ބޭރު ގައުމުތަކުގެ މަދަދުވެރިކަމާއި އެކު މަސައްކަތް ކުރަމުން ދާކަމުގެ ޚަބަރު ރައީސް ޔާމީން ދެއްވި ކަމަށެވެ.

"ތިމަން މަނިކުފާނަކަށް ޔަގީން ކަމެއް ނެތޭ މި އިންތިހާބު ތިމަން މަނިކުފާނު ކާމިޔާބު ކުރިޔަސް، އަދި ކާމިޔާބު ކުރުމަށްޓަކައި ދޮންވެލި ނުކާ ހިސާބަށް ހަމަ އެކަނި އަރާ އެރުމުގަވެސް، ތިމަން މަނިކުފާނުގެ ފުރާނައަށް ގެއްލުން ނުކުރާނެ ކަމުގެ. އެ އިންޓެލިޖެންސް ތިމަން މަނިކުފާނަށް ލިބިވަޑައިގަނެފައި އެބަ ހުއްޓޭ. ތިމަން މަނިކުފާނުގެ ފުރާނަ ދުއްވާލުމަށްޓަކައި މި ރާއްޖެއިން މަސައްކަތް ކުރެއޭ، ބޭރުގެ އަދުއްވުންނާއި އެކު." އަބްދުއްރަހީމާއި ސައީދުގެ އަރިހުގައި ރައީސް ޔާމިން ވިދާޅުވި ބަސްފުޅެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދިވެހި ނިޝާނާ ގައުމަށް ޣައްދާރުވެފައިވާ މީހުން ރާއްޖޭގައި މިހާރުވެސް އެބަ ތިބި ކަމަށެވެ. އަދި އެކަމުގެ ނުރައްކާ އިންތިހާއަށް އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ ރައީސް ޔާމީންގެ ފުރާނަ ދުއްވާލުމަށްޓަކައި ދިވެހީންތަކެއް އިސްވެ، މަސައްކަތްތަކެއް ކޮށްފައިވާކަމީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، އަނދިރި ދައުލަތަކުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާ ކަމަށެވެ. އަދި މިހާރުވެސް އެމަނިކުފާނުގެ ފުރާނައަށް އެ މީހުން ގެއްލުން ދޭނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ސައީދު ވިދާޅުވިއެވެ.

މިފަދަ ސީރިއަސް ތުހުމަތުތަކެއް ސައީދު ކުރެއްވި އިރު، މިއީ މީގެ ކުރިން އެއްވެސް ގޮތަކުން އަޑު އިވިފައިވާ ވާހަކަތަކެއް ނޫނެވެ. އަދި ޕީޕީއެމްގެ ބޭފުޅަކުވެސް މިފަދަ މޭރުމަކުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ތުނިޔަ

28-Dec-2020

އިޔާޒަކީ ސީދާ ދެފުއްކެހެރިއެއް



ޓްރެންޑިން