އަންނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް ދެދުވަސް އިތުރުކުރަށްވައި 2021 ވަނަ އަހަރުގެ ކަލަންޑަރަށް ސަރުކާރުގެ ރަސްމީ ބަންދު ދެދުވަސް ރައީސުލްޖުމްހޫރިއްޔާ އިތުރު ކުރަށްވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެެއްޖެއެވެ.

މިއަދު ހޫދުކުރަށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ދެދުވަސް އިތުރުކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ނިންމަވާފައިވާކަމަށެވެ. އަދި މިދުވަސް ތަކުގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހާއި، 25 ވަނަ ދުވަސް ކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.



މިއާއެއު އަންނަ އަހަރުގެ ހައްޖު ދުވަހާއި، ބޮޑު އީދު ދުވަހާއި، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭ ދުވަސްތަކާއެކު ދެ ހަފްތާގެ ޗުއްޓީއެއްލިބޭނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން