ޑރ. އިޔާޒާއި ޝައިޚް ޒައިދު
ޑރ. އިޔާޒާއި ޝައިޚް ޒައިދު
ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ދީނީ އަގީދާ އެއްގޮތް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ، ރައީސް މައުމޫން ޢަބްދުލް ގައްޔޫމު ރައީސް ނަޝީދަށް ތާއީދު ކުރެއްވީ ދެބޭފުޅުންގެ އަގީދާ އެއްގޮތް ވުމުން ކަމަށް ޑރ. މުޙައްމަދު އިޔާޒު ތުހުމަތު ކުރަށްވައިފިއެވެ.

ނަޞާރާއިން ފާހަގަ ކުރާ ކްރިސްމަސް އީދާއި ގުޅިގެން އެ މުނާސަބާ ފާހަގަކުރާ ފަރާތްތަކަށް ރައީސް ނަޝީދު ވަނީ މަރުހަބާ ދައްނަވާފައެވެ. މިމައްސަލައިގައި ޑރ. އިޔާޒާއި ޝައިޚް ޒައިދު ގެންދަވަނީ މީސް މީޑިއާގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ބަސް ދިފާޢު ކުރަށްވައި އެކަމަށް ތާއީދުކުރަށްވައި ވާހަކަ ދައްކަވާ ކޮންމެ ބޭފުޅަކަށް އެދެބޭފުޅުން ގެންދަވަނީ ވަރުގަދައަށް ބަހުގެ ހަމަލާ ދެއްވަމުންނެވެ.

ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުއްވުމަކީ، އެމަނިކުފާނުގެ މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށެވެ. މީގެއިތުރުން ރައީސް ނަޝީދަކީ އިސްލާމްދީނުގެ ޢަދުއްވެއް ކަން އެކަމުން އެނގިގެންދާ ކަމަށާއި، ދިވެހި ރައްޔިތުން ރައީސް ނަޝީދުގެ ނުރައްކަލާމެދު ސަމާލުވާން ޖެހޭ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

މިމައްސަލައިގައި ކުރެވެމުންދާ ބަހުސްގެ ތެރެއަށް ވަދެ ވަޑައިގެން ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި އިސްލާމް ދީނުގެ ޢިލްމްވެރިޔާ ރައީސް މައުމޫން ވިދާޅުވެފައިވަނީ "ކީރިތިޤުރްއާނުގައި އަންގަވާފައިވާގޮތުގައި ޣައިރުމުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ މާތްﷲ ނަހީކުރައްވާފައިވާ ކަމެއްނޫން" ކަމަށެވެ.

މިކަމަށް ރަށްދު ދެއްވައި ޑރ. އިޔާޒު ވިދާޅުވީ "ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް އަގީދާ އެއްގޮތް ވުމަކީ އެކަށީގެންވާ ކަމެއް" ކަމަށެވެ.

އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޝައިޚް ޒައިދު ވެސް ވަނީ ނަޞާރާއިން ފާހަގަކުރާ ކްރިސްމަސްއާއި ދިމާކޮށް އެދުވަސް ފާހަގަ ކުރަމުންދާ ފަރާތްތަކަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވުމުން އެކަމަށް ފާޑުކިޔަމުންދާ ފަރާތްތަކަށް ޖަވާބުދެއްވައި ރައީސް މައުމޫން ވިދާޅުވި ބަސްފުޅަށް ވަރަށް ބޮޑަށް ފަޑުވިދާޅުވެފައެވެ. އެގޮތުން ޒައިދު ރައީސް މައުމޫނަށް ހަމަލާ ދެއްވީ ދީނީ އެހެން މައްސަލައަކާއި ގުޅުވައިގެން ރައީސް މައުމޫން މީގެ އަހަރުތަކެއް ކުރިން ދައްކަވާފައިވާ ވާހަކަތަކަކުން މިސާލު ނަންގަވައިގެންނެވެ.

"ރައީސް މައުމޫން ވިދާޅުވި ނޫންތޯ ހިޖާބުވެސް އަޅަން ނުޖެހޭނެއޭ ވެސް. ދީނީ ކަމެއް ނޫނޭވެސް. هداهما الله، އެކަމަކު އެއީ މާތް ﷲ ބާވައިލެއްވި ކީރިތި ޤުރުއާންގައި ވާ ވަހީ ބަސްފުޅާ ދިމާ ދެކޮޅު ވާހަކަފުޅެއް." ރައީސް މައުމޫނަށް ރަށްދު ދެއްވަމުން ޒައިދު ވިދާޅުވެފައި ވެއެވެ.

މިމައުޟޫގައި ރައީސް ނަޝީދަށް ތާޢީދުކުރަށްވައި ވާހަކަ ދައްކަވާ އިސްލާމް ދީނުގެ ޢިލްމްވެރިންނާއި ސިޔާސީ ހުރިހާ ފަރާތްތަކަށް ޑރ. ޢިޔާޒާއި ޒައިދު ގެންދަވަނީ ރައްދު ދެއްވައި އެކަން ނުކުރެވޭނެ ކަމަށް ދީނީ ގޮތުން ހުއްޖަތް ދައްކަވަމުންނެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރަށްވާ އިސްލާމްދީނުގެ ޢިލްމް ވެރިންވެސް ގެންދަވަނީ ޢިލްމީ އަދި ދީނީ ހުއްޖަތްތައް ދައްކަވަމުންނެވެ. އެހެންކަމުން މިމައްސަލައިގައި މިވަނީ ވަރުގަދަ ދީނީ އަރައިރުމެއް ފެށިފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޒުބޭރު

29-Dec-2020

މި 2 ރޯނު އެދުރުންނަށް ނަށް ދީން އެގޭނީ ފުރަތަމަ އަރަބި ބަސް އެގިގެންތާ? އުސްތާޒު މައުމޒުނާ ދީ ގޮތުން ޖަދަލު ކުރަން ދެން މީ ކޮންބައެއް???!!! ހޮޑުލަވާ ފެނުނީމަވެސް. އަންހެނުން ކަޅު ހެދުންލައްވަެިގެން އަރބި ޖާހިލުން އުޅުނު ގޮތަށް...ބަލަ އެއީ އެ މީހުންގެ ސަގާފީ ހެދުމޭ..ނުޖރހޭ ދިވެހިން އެ ހެދުންލާކަށް!!! މޮޔަވަނީތަ????


14

ކިނބޫ

29-Dec-2020

ކަލޭމެން ތިބި ކޮޅުގަ މަުމޫނު ހުރެގެން ނުވޭތަ? ކަލޭމެންވެސް ތިތިބީ ތިބުނާ މީހާގެ ކޮޅުގަ. ތަފާތަކީ އިޔަހޫދިކަން. ދެފުށް ދެގޮތްކަން. ނޫންކަމަށް ހެދެން އުޅުންކަ ތީ ވަރަށް ނުބައި ނުލަފާ ދެގޮލާ.


-10

އެދުރުބެ

29-Dec-2020

ސައީދު ރައީސް ޔާމީން ވިދާޅުވީ" ﷲ އުފެއްދެވި 2ވަނަ ދަރަޖައިގެ މީހުން ނޫނޭ..


-3

އަބްދޫ

28-Dec-2020

މުސްލިމުންނާ ދެކޮޅުވެރިވެ މުސްލިމުންނަށް ގެއްލުން ނުދޭއެހެންދީންތަކުގަ އުޅޭމީހުނަށް ހެޔޮކޮށްހިތައި އަދުލުވެރި ވުމަކީ ކާފަރުން ފާހަގަކުރާ ބާތިލް ކަންކަމަށް ތާއީދު ކޮށް ތަހުނިޔާ ފޮނުވުމެއްނޫން.ޚާފަރުން ކުރާ އަޅުކަން ތަކުގަ ބައިވެރިވެ އެމީހުން ހިންގާ ބާތިލް ކަންކަމަށް މުސްލިމުންގެ ނަމުގަތިބެގެން ތާއީދު ކޮށް މަރުހަބާކިޔާ މީހުން ހިމެނެނީ އެމީޙުންގެތެރެއިން އެއީ އިލާހީ ގާނޫނު.


3

ޟ

28-Dec-2020

މޭރީ ކްރިސްމަސް އިޔާޒް


-1

ސަޢީދު

28-Dec-2020

ތިޔަޒައިދަކާއި އިޔާޒު ކޮބާތަ ޔާމީނު ތިމަނާމެނަކީ ﷲގެދެވަނަދަރިންނޭކިޔައި ވާހަކަ ދެއްކި އިރު ތިޔަ ދެ ތުބުޅިން ވަނީ ކަންފަތް ބީރުވެފަތަ ރުޅިއަންނަމީހާއެއްޗެބުނެފިނަމަ ވަރުކޮށްލަނީ



ޓްރެންޑިން