މީހަކު ކުރާ ނުބައި ކަމަކަށް ތާއިދުކުރާނީ އެމީހާ ހަލާކުކުރަން ކަމަށް ވިދާޅުވެ ކްރިސްމަސް ފާހަގަކުރުން މައްސަލައެއް ނޫން ކަމަށް ބުނާ މީހުންނަށް ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ރައްދުދެއްވައިފިއެވެ.
ކްރިސްމަސް ފާހަގަކުރާ މީހުންނަށް ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ތަޙުނިޔާ ފޮނުވުމާއެކު މީސްމީޑިއާގައި ވަނީ ބޮޑު ކޯޅުންގަނޑެއް އުފެދިފައެވެ. މި ކޯޅުންގަނޑުގެ ތެރޭގައި ދީނީ އިލްމުވެރިން ވެސް ދަނީ އެކި ގޮތްގޮތަށް ފަތުވާ ދެއްވައި އިރުޝާދު ދެއްވަމުންނެވެ.
އެއް ބަޔަކު ބުނަމުންދަނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ވަކާލާތުކުރަނީ އެކަމާ ދެކޮޅަށެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހަކު ކުރާ ނުބައި ކަމަކަށް ތާއިދުކުރާނީ އަދި ހިތްވަރުދޭނީ އެ މީހަކު ހަލާކުކުރަން ބޭނުންވާ މީހުން ކަމަށެވެ. އަދި ހެޔޮ އެދޭ މީހަކު ނަމަ ނުބައި ކަންކަން ރަނގަޅުކޮށްދޭނެ ކަމަށާއި ރަނގަޅު ކަމެއް ކޮށްފި ނަމަ އެކަމުގައި ދެމި ހުރުމަށް ހިތްވަރު ދޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ ދިފާޢުގައި ވާހަކަދެއްކި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫނާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
އިސްލާމްދީނާ އިދިކޮޅު ދީނެއްގެ، އަގީދާ ގަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔާ މީހާގެ ކިބައިން އިސްލާމްދީނުގެ އަދުއްވެއްކަން ދޭހަވާ ކަމަށް ޑރ އިޔާޒް މީގެ ކުރިން ވިދާޅުވިއެވެ.
ޑރ. އިޔާޒްގެ އިތުރުން ކްރިސްމަސް ފާހަގަކުރުމާ ދެކޮޅަށް މީސްމީޑިއާގައި އެންމެ ވަރުގަދަޔަށް ވަކާލާތުކުރައްވަނީ ޝައިޙް ޒައިދެވެ.

Meehaku kuraa nubai amalakah thaaeedhu koh, ekamakah hiyvaru dheynee, emeeha halaaku kuran ulhey meehun. Heyo edhey meehaku nama nubai kanthah ragalhu koh dheynee. Adhi ragalhu kameh kohfi nama ekamugai dhemi hurumah hiyvaru dheynee.
— Dr.Mohamed Iyaz (@dr_iyaz) December 27, 2020
އެއް ބަޔަކު ބުނަމުންދަނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ވަކާލާތުކުރަނީ އެކަމާ ދެކޮޅަށެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހަކު ކުރާ ނުބައި ކަމަކަށް ތާއިދުކުރާނީ އަދި ހިތްވަރުދޭނީ އެ މީހަކު ހަލާކުކުރަން ބޭނުންވާ މީހުން ކަމަށެވެ. އަދި ހެޔޮ އެދޭ މީހަކު ނަމަ ނުބައި ކަންކަން ރަނގަޅުކޮށްދޭނެ ކަމަށާއި ރަނގަޅު ކަމެއް ކޮށްފި ނަމަ އެކަމުގައި ދެމި ހުރުމަށް ހިތްވަރު ދޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ ދިފާޢުގައި ވާހަކަދެއްކި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫނާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
އިސްލާމްދީނާ އިދިކޮޅު ދީނެއްގެ، އަގީދާ ގަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔާ މީހާގެ ކިބައިން އިސްލާމްދީނުގެ އަދުއްވެއްކަން ދޭހަވާ ކަމަށް ޑރ އިޔާޒް މީގެ ކުރިން ވިދާޅުވިއެވެ.
ޑރ. އިޔާޒްގެ އިތުރުން ކްރިސްމަސް ފާހަގަކުރުމާ ދެކޮޅަށް މީސްމީޑިއާގައި އެންމެ ވަރުގަދަޔަށް ވަކާލާތުކުރައްވަނީ ޝައިޙް ޒައިދެވެ.
ކިޔުންތެރިންގެ ހިޔާލު