ރ. ވޭވަށް، ގުދުރަތި ގޮތުން ރީތި ރަށެއް
ރ. ވޭވަށް، ގުދުރަތި ގޮތުން ރީތި ރަށެއް
ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ވޭވަށުން ވެލި ނަގާ މައްސަލަ ބޮދުވެ އާންމުން ޝަކުވާކުރަން ފަށައިފިއެވެ.

ގިނަ ބަޔަކު ދަތުރުދާ، އެ ރަށުގެ ވަރަށް ބޮޑު ސަރަހައްދަކުން ވެލި ނަގާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް "ރަސް އޮންލައިން"އަށް ވެސް ވަނީ ލިބިފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާގެ މީޑިއާ ހޮޓްލައިންއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިކަމެއް އަދި ނާންނަ ކަމެއް ވެސް ސާފެއް ނުވިއެވެ. ނަމަވެސް، އެ ވުޒާރާއިން މިކަން އާންމުންގެ ސަމަލުކަމަށް ގެނެސްފައެއް ނުވެއެވެ. އަދި މިކަން ހުއްޓުވުމަށް މަސައްކަތެއް ކުރިކަން ވެސް އެނގޭކަށް ނެތެވެ.



"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރީތި ގޮނޑުދޮށެއް އޮންނަ އެ ރަށުން ވެލި ނަގަނީ އެ ރަށަށް ދަތުރުދާ ބައެއް ފަރާތަކުންނެވެ.

މި ރަށަކީ ރިސޯޓް ތަރައްގީކުރުމަށް ކޭ އެންޑް ވީ ހޯލްޑިންގްސް ލިމުޓެޑާ ހަވާލުކޮށްފައިވާ ރަށެކެވެ.

ކަމާ ގުޅުން ހުރި އިދާރާތަކުގެ ހުއްދަ ނެތި، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ފަޅުފަޅުންނާއި، ފަރުފަރުންނާއި ހާހަލުންނާއި، އަދި އެނޫންވެސް ޤުދުރަތީ ގޮތުން ގަލާއި، ވެއްޔާއި، އަކިރި އުފެދޭ ތަންތަނުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމަކީ މަނާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން