ކްރިސްމަސް ފާހަގަ ކުރާ މީހުންނަށް މަރުހަބާކިއުމަކީ މައްސަލައެއް ނޫންކަމަށް ދީނީ އިލްމުވެރިއާ ޝައިހް ހުސެން ރަޝީދު ވިދާޅުވުމުން ޝެއިޚް އަލީ ޒައިދުގެ ވަރުގަދަ ބަހުގެ ހަމަލާއެއް ހުސައިން ރަޝީދަށް ވެސް އަމާޒުވެއްޖެއެވެ.

"ކްރިސްމަސް ދުވަސް ފާހަގަކުރާ މީހުންނަށް މަރުހަބާ ކިއުމަކީ މައްސަލައެއް ނޫނޭ. އަދި ހަމަ އެހެންމެ ކްރިސްމަސްޓްރީ، ގަހަކީ ﷲ ލައްވާފައިވާ އެއްޗެއް. ﷲ ގެ އަޅެއް. ވަކި ގަހެއް ބޭނުންކުރާށޭ ވަކި ގަހެއް ބޭނުން ނުކުރާށޭ ނާންގަވާ. އެކަމު އެގަސް ވެސް ހަރާންވެއްޖެއޭ. ދަންނަވަންތޯ އެންމެ ނުބައި ގަހެއްގެ ގޮތުގައި ﷲ ލައްވާފައިވަނީ ޒައްގޫމް ގަސް.” ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހުސައިން ރަޝީދު ވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދު ދެއްވަމުން ޝެއިޚް އަލީ ޒައިދު ވިދާޅުވެފައިވަނީ، ޝެއިޚް ހުސައިން ރަޝީދު ކިތަންމެ ވަރަކަށް ކްރިސްމަސް ފާހަގަ ކުރައްވަން އުޅުއްވިއަކަސް ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެ އަޑެއް ނާހާނެ ކަމަށާއި ޝެއިޚް ހުސައިން ރަޝީދަށް ވިސްނިވަޑައި ނުގެންނެވިޔަސް ﷲގެ ރަހްމަތާއެކު އެހެން ޣައިރު ދީނެއްގެ އަގީދާ އާއި ގުޅުންހުރި ކަންކަމުގައި އިސްލާމުންނަށް ބައިވެރި ނުވެނޭކަން ދިވެހިންނަށް ވިސްނޭކަމަށެވެ.

"އެކަމަކު ނަސާރާއިން މި ގެން ގުޅޭ ގަސް މަނާވެއްޖެ. ހަރާން ވެއްޖެ. ޝިރުކަކަށް ވެއްޖެ. ދެން މިކަހަލަ ކުދި ކުދި ކަންކަން ނަގައިގެން، ދުނިޔެއަކީ ކުޑަ ކުޑަ އަތް ތިލައިގެ ތެރޭގަ އޮންނަ އެއްޗެއް، އެންމެން ގުޅިފަ ލާމެހިފަ މިތިބީ. އަޅުގަނޑުމެން އެންމެން އެއްބަޔަކު އަނެއް ބަޔަކާ ވަކިނުވެ އުޅެވޭކަށް ނެތް. އިސްލާމް ދީނުގަ މިއޮތީ އެންމެން އެކީގަ އުޅެން އަންގަވާފަ. އެހެންކަމުން އަޅުގަނޑު ދަންނަވާނީ ޣައިރު މުސްލިމުންނާއެކީ އުޅުމަކީ މައްސަލައެއް ނޫނޭ. އެމީހުންނަށް ތަހުނިޔާ ކިއުމަކީ މައްސަލައެއް ނޫނޭ. އެމީހުންގެ ހިތާމައިގަ ބައިވެރި ވުމަކީ މައްސަލައެއް ނޫނޭ."ޝެއިޚް ހުސައިން ރަޝީދު ވިދާޅުވެފައިވެއެވެ.

ޝައިޚް ހުސައިން ރަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ މުހައްމަދު އިޔާޒު ވިދާޅުވީ ޣައިރު މުސްލިމުން އެކަން ކުރުން (ކްރިސްމަސް ފާހަގަ ކުރުން) މައްސަލައެއް ކަމަށް އެއްވެސް މީހަކު ނުބުނާ ކަމަށާއި މައްސަލައަކަށް ވަނީ މުސްލިމެއް ކަމަށް ދައުވާކުރާހާލު އެކަން ކުރަން އުޅޭތީ ކަމަށެވެ. ތިމަންނަ އަކީ މުސްލިމަކަށް ނުވާތީ އެދުވަސް ފާހަގަކުރަނީއޭ ބުނެލީމަ މައްސަލަ ހައްލުވީކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

ކްރިސްމަސް ފާހަގަކުރާ ފަރާތްތަކަށް ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވި މައްސަލައިގައި ރާއްޖޭގެ އިސްލާމްދީނުގެ އިލްމް ވެރިންގެ މެދުގައި މިހާރު ވަނީ ބޮޑު ދެބަސް ވުމެއް އުފެދި ބޮޑު އަރައިރުމަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކިނބޫ

02-Jan-2021

ހުސެންރަޝީދާކަލެއާ ތީ އެއްކަހަލަ ދޭތި. ނަޝީދުއާ އިބްރާހީމާ ކުޅޭ ޒާތު ޑްރާމާ ކުޅޭނެ ކަމެއް ނެތް.


5

ހެޑިން

29-Dec-2020

މިލިޔުމުގެ ސުރުޚީ ވަރަށް ސަޅި.



ޓްރެންޑިން