މާސްކު އަޅައިގެން ތިބި ބަޔަކު
މާސްކު އަޅައިގެން ތިބި ބަޔަކު
މާލޭގައި ބޭއްވި ކައިވެނި ޕާޓީން ކޮވިޑް-19 އަށް ފައްސިވި އާއިލާއެއްގެ އެއްމެންބަރަކީ އިނގިރޭސިވިލާތުން ރާއްޖެ އައިފަހުން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު ހިމެނޭ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

އެޗްއީއޯސީ އިން މިއަދު ބުނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑް-19އަށް ފައްސިވި މީހެއްގެ އާއިލީ މެންބަރުން ކައިވެނި ޕާޓީ ކްލަސްޓަރގައި ހިމެނޭ ކަމަށެވެ.

އޭނާ އިނގިރޭސިވިލާތުން އައިއިރު އިނގިރޭސިވިލާތުން އަންނަ ދިވެހިން މާލެ ސަރަހައްދަށް އަންނަނަމަ ކަރަންޓީން ވާކަށް ނުޖެހޭ ކަމަށް ވެސް އެޗްއީއޯސީ އިން ބުނެއެވެ. ޕާޓީ ކްލަސްޓަރާ ގުޅުން އޮތް އިނގިރޭސިވިލާތުން އައި މީހާ ރާއްޖެ އައީ ކޮން ދުވަހަކު ކަމެއް އެޗްއީއޯސީ އިން ހާމައެއް ނުކުރެއެވެ.

ނަމަވެސް އޭނާ ރާއްޖެ އައީ ޕާޓީގެ ފަހުން ކަމަށް އެޗްއޯސީ އިން ބުނާތީ އެއީ މިމަހުގެ 20 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއް ކަން އެނގެއެވެ.

އިނގިރޭސިވިލާތުން އައި ދެ ދަރިވަރަކު ކައިވެނި ޕާޓީގައި ބައިވެރިވި ކަމަށް މީސް މީޑިއާގައި ދަނީ ޚަބަރު ފެތުރެމުންނެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ވައިރަސްގެ އާ ސްޓެއިން އެއް ފެނިގެން އުޅޭތީ އިނގިރޭސިވިލާތުގެ ދަތުރުވެރިންނަށް 40 އަށް ވުރެ ގިނަ ގައުމުގެ ބޯޑަރު މިހާރު ވަނީ ބަންދުކޮށްފައެވެ. ރާއްޖެ އިން ވެސް ވަނީ އިއްޔެ އިން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން 10 ދުވަސް ވަންދެން ކަރަންޓީން ކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން