ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ މަނީލޯންޑްރިންގގެ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ނަން އެ ކުންފުނީގެ ފަރާތުން މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ކުންފުނީގެ މައްޗަށް މަނީ ލޯންޑަަރިންގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އެކަމަކު އެ ކުންފުނިން އެ ދައުވާއަށް އިންކާރު ކުރެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ސަން ކުންފުނީގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ ދެ ނަމެކެވެ. އެއީ ރައީސް ޔާމީންގެ އިތުރުން ސަން ކުންފުނީގެ މުވައްޒަފެއް ކަމުގައިވާ މުހައްމަދު ޝާމިލްގެ ނަމެވެ.

އެ އަޑުއެހުމުގައި ސަން ކުންފުނީގެ ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވީ އެ ކުންފުނީގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަން ހުށަހެޅުއްވީ އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެއަށްވާ ދިވެހި ރުފިޔާ އެމަނިކުފާނަށް އެ ކުންފުނިން ދޫކުރިކަން ސާބިތު ކުރަން ކަމަށެވެ.

ދިފާއީ ހެކިންގެ ގޮތުގައި ދެ ނަމެއް ހުށަހެޅުއްވިއިރު ކިތާބީ ހެކީގެ ގޮތުގައި 30 ލިޔުމެއް ސަން ކުންފުނިން ހުށަހެޅިއެވެ. އޭގެ ތެރޭގައި ވެސް ރައީސް ޔާމީންގެ ތަހުގީގު ބަޔާން ހިމެނެއެވެ.

އެ ލިޔުންތައް އާންމު ނުކުރެވޭ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދޭން ކުންފުނިން އެދުނެވެ. އެކަމަކު ދައުލަތުގެ ވަކީލުންނަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަށް ލިޔުންތައް ހިއްސާ ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް ކުންފުނީގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން