އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި މިނިސްޓަރ އަސްލަމް އިސްވެތިއްބަވައިގެން ރައްޔިތުންނަށް “ދޯކާދީފައި” ވޯޓު ހޯއްދަވަން ވަޑައި ނުގަތުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ، ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.

ޝުޢައިބު މިހެން ވިދާޅުވެފައިވަނީ މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވަޢުދު ފުއްދައި ނުދޭތީ އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދާކަށް ވިދާޅުވެއެވެ.

"އެމްޑީޕީ ރައީސް ނަޝީދާއި މިނިސްޓަރު އަސްލަމް އިސްވެތިބެ މާލެ ރައްޔިތުންނަށް ދޯކާދީފައި ގޯތިދޭން ވެށިފަހި ޕްރޮގްރާމް ހިންގަން ވައުދުވެފައި އެކަން ނުކުރާން ގްރޭޓާ މާލެ ވެސް އެޗްޑީސީ އަށް މިލްކު ކޮށްދީފައި މާލެ ރައްޔިތުން ކައިރިއަށް ނާންނާތި ވޯޓު ހޯދަން. މީ ގޯތި ނޯ ވޯޓް."ޝުއައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިފަހަކަށް އައިސް އެމްޑީޕީއަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޝުޢައިބު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައިވަނީ ކައުންސިލް އިންތިހާބުގައި މާލޭގެ ވަރަށް ގިނަ އެމްޑީޕީ މީހުން ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވޯޓުދޭނެ ކަމަށެވެ. އެއީ އެމްޑީޕީގެ ވެރިން މާލޭގެ ރައްޔިތުންނަށް ގޯތި ނުދޭން ނިންމާ ދޮގު ވަޢުދު ވެފައިވާތީ ކަމަށެވެ.

ޝުޢައިބު މިހެން ވިދާޅުވުމުން އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ގެންދަވަނީ ޝުޢައިބަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނަމަވެސް ބައެއް އާންމުން ވަނީ ޝުޢައިބުގެ މި ބަހަށް ވަރަށް ބޮޑަށް ތާއީދުކޮށް ސަރުކާރަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން