ޕީއެންސީގެ ނައިބް ރައީސް ޝުޖާއު
ޕީއެންސީގެ ނައިބް ރައީސް ޝުޖާއު
ޕީޕީއެމްގެ ވެރިކަމެއްގައި ފިޝަރީޒް މިނިސްޓަރަށް ފިނި ކޮޓަރީގައި ނިއިންނެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސް ޝުޖާ ރޭ ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިކަމާއި ބެހޭ ވަޒީރަށް އަބަދު ވަޒީރުގެ ކޮޓަރިކޮޅުގައި ނީނދެވޭނެ ކަމަށާއި މަސްވެރިންގެ ހާލު ބެލުމަށާއި މަސްވެރިންގެ އިހުސާސްތަށް ދެނެގަނެ ހައްލު ހޯދުމަށް ދޯނި ފަހަރުގައި މިނިސްޓަރު އުޅޭނެ ކަމަށެވެ. އަދި މަސްވެރިންނަށް އުފާވެރިކަން ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ޝުޖާއު މިހެން ވިދާޅުވި އިރު، ސަރުކާރުން މަސްވެރިންނަށް ވީ ވަޢުދު ފުއްދައި ނުދޭ ކަމަށާއި މަސްވެރިންނަށް އަޅާނުލާ ކަމަށް ބުނެ މިދިޔަ ހަފުތާގައި މަސްވެރިން ތަކެއް ވަނީ ފެލިވަރުގައި މުޒާހަރާ ވެސް ކޮށްފައެވެ.

އެދުވަހުގެ މުޒާހަރާ ނިންމާލަމުން މަސްވެރިން ބުނީ، މިވަގުތަށް މުޒާހަރާތައް ހުއްޓާލި ނަމަވެސް ރައީސް ޞާލިހަށް މަސްވެރިންގެ އަޑު އިވެންދެން އަދި އެމީހުންގެ ޑިމާންޑު ތަކަށް އަވަސް ހައްލެއް ލިބެންދެން މުޒާހަރާ ކުރަމުންދާނެ ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މަސްވެރިންގެ ޑިމާންޑުތައް ހައްލުނުވާނަމަ މިއަށްވުރެ ވަރުގަދައަށް، ރައީސަށް އަޑު އިވޭނެ ފަދަ ގޮތަކަށް މުޒާހަރާ ކުރާނެ ކަމަށް ވެސް އިންޒާރު ދިނެވެ،

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ބާނާ މަހަށް ހަމަ އަގު ނުލިބުމާއި، އައިސް ނުލިބުމުގެ ޝަކުވާއެވެ. މީގެއިތުރުން ބާނާ މަސްކޮޅު ދުވަހުން ދުވަހަށް ނުކިރޭތީ އެކަމުގެ ޝަކުވާ ވެސް މަސްވެރިން ކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ބުނެފައި ވަނީ ފެލިވަރު ތަރައްގީކޮށް މަސްވެރިންނަށް ފަސޭހައިން މަސްކިރޭނެ ގޮތާއި އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެޕްލޭންގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މަސްވެރިންގެ ޝަކުވާ ތަކާއި ގުޅިގެން މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު ވެސް ވަނީ މީޑިއާގައި ވާހަކަ ދައްކަވާފައެވެ. ޒަހާ ވިދާޅުވަނީ މިހާރު މަސް ކިރުވާފައި މަސްވެރިންނަށް ވަގުތުން ފައިސާ ލިބޭނެ ކަމަށެވެ. އަދި މަސް ގަންނަ އަގު ދަށްކުރި ނަމަވެސް މަސްވެރިއަކަށް މަހަކު ލިބޭ ފައިސާ އެތައް ތަނަކުން އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މަސްވެރިން ބުނެފައި ވަނީ ޒަހާ މިފަހަރު ޖެއްސެވި ހިސާބު ރަނގަޅު ނޫން ކަމަށެވެ. އަދި ޒަހާ ވިދާޅުވާ އަދަދަށް ފައިސާ ނުލިބޭ ކަމަށާއި ބާނާ މަސްކޮޅު ނުކިރިގެން ފަޅުތެރޭގައި އައިސް އަޅައިގެން ގިނަ ދުވަސް ތަކެއް ވަންދެން ތިބެން ޖެހުމަކީވެސް ބޮޑެތި ޚަރަދު ތަކެއް ހިނގާ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މާހިރު

30-Dec-2020

ދޮގެއް. އެއް ދައުރު ވެރި ކަމެއް ނިންމި އިރު ކުރެވުނުތަ! ދެން ވެސް ވާނީ ހަމަ އެހެން. ވެރިކަމެއް ކުރި އެކަކައް ވެސް ދެވަނަ ފުރުސަތުބދެއްވުން ހުއްޓާލަން ރައްޔިތުން ދަސްކުރަން އަތުކުރި އޮޅާލަމާތޯ؟؟



ޓްރެންޑިން