ތ އަދި ލ އަތޮޅުގައި ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ލ. އަތޮޅާއި ތ. އަތޮޅާ ދެމެދު އެމްޓީސީސީން ފެށި ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އެކަމަނާ ވަނީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އަދި އެމްޓީސީސީން އެކަމަށް ދިން އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުވެސް އަދާކުރަށްވާފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން 2015 ވަނަ އަހަރުން ފެށިގެން ތ. އަތޮޅާއި ލ. އަތޮޅުގައި ދޯނި ފެރީގެ ހިދުމަތް ދިން ނަމަވެސް، އެ ކުންފުނިން ސްޕީޑް ފެރީގެ ޚިދުމަތް އެ ދެ އަތޮޅުގައި ދޭ މިއީ ފުރަތަމަ ފަހަރެވެ.
އެމްޓީސީސީ އިން ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ދޯނި ފެރީގެ ޚިދުމަތް ދިން ނަމަވެސް ލޯންޗް ފެރީގެ ޚިދުމަތް ދެމުން ދަނީ ވަރަށް މަދު ސަރަހައްދެއްގައެވެ.
މުޅި ރާއްޖެ ދަތުރުފަތުރުގެ ޚިދުމަތުން ގުޅާ ލުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން މިޚިދުމަތުގައި ޒަމާނާ އެކަށީގެންވާ ބާރުދުވެލީގެ ފެރީ ބޭނުން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ތ އަދި ލ އަތޮޅުގެ ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ އެ ދެ އަތޮޅުގެ ރައްޔިތުންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް.
— Aishath Nahula (@aishath_nahula) December 28, 2020
1/2 pic.twitter.com/rPVK8kCCDV
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން 2015 ވަނަ އަހަރުން ފެށިގެން ތ. އަތޮޅާއި ލ. އަތޮޅުގައި ދޯނި ފެރީގެ ހިދުމަތް ދިން ނަމަވެސް، އެ ކުންފުނިން ސްޕީޑް ފެރީގެ ޚިދުމަތް އެ ދެ އަތޮޅުގައި ދޭ މިއީ ފުރަތަމަ ފަހަރެވެ.
އެމްޓީސީސީ އިން ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ދޯނި ފެރީގެ ޚިދުމަތް ދިން ނަމަވެސް ލޯންޗް ފެރީގެ ޚިދުމަތް ދެމުން ދަނީ ވަރަށް މަދު ސަރަހައްދެއްގައެވެ.
މުޅި ރާއްޖެ ދަތުރުފަތުރުގެ ޚިދުމަތުން ގުޅާ ލުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން މިޚިދުމަތުގައި ޒަމާނާ އެކަށީގެންވާ ބާރުދުވެލީގެ ފެރީ ބޭނުން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު