މާތް ﷲ އާއި އެކަލާންގެ ކީރިތި ރަސޫލާ (صَلّى الله عليه وسلّم) އަށް އޮންނަ ލޯތްބަށް ވުރެ ބޮޑަށް އެމްޑީޕީ މެމްބަރުން ރައީސް މުހައްމަދު ނަޝީދު ދެކެ ވާ ލޯބި ބޮޑު ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މެމްބަރު ނަޝީދު ވިދާޅުވީ، މުޅި ދުނިޔޭގެ އެންމެން ނުކުމެ ހަރާމް ކަމެއް ހަލާލު ކުރުމަށް ވަކާލާތު ކުރިޔަސް އެކަން ނުވާނެ ކަމަށެވެ. ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ މެމްބަރުން، ޑރ. އިޔާޒަށް ބަހުގެ ހަމަލާތަކެއް މިސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރެއް ޕޯސްޓްކުރައްވައި މެމްބަރު ނަޝީދު ވިދާޅުވީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އޮންނަ ލޯތްބަށް ވުރެ ޕާޓީގެ ރައީސްއަށް އޮންނަ ލޯބި ބޮޑުވުމުން ނުކުންނާނެ ނަތީޖާއަކީ އެއީ ކަމަށެވެ.
ކްރިސްޓިއަނުން ފާހަގަކުރާ އެ މީހުންގެ ޚާއްސަ ކްރިސްމަސް އީދުގެ ތަހުނިޔާ ރައީސް ނަޝީދު ފޮނުއްވުމުން އެމަނިކުފާނަށް ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އަދި ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީ ޕީޖީ މެމްބަރުންނާއި، ލީޑާޝިޕްގެ ބޭފުޅުން ޓްވީޓު ކުރައްވަމުން ގެންދަވާއިރު ރައީސް ނަޝީދު ގެންދަވަނީ އެ ޓްވީޓްތައް ރީޓުވީޓް ކުރަށްވަމުންނެވެ.
ރައީސް ނަޝީދުގެ ދިފާއުގައި އެންމެ ފުރަތަމަ ޓުވީޓުކުރެއްވީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. އާޒިމްގެ އިތުރުން އެމްޑީޕީގެ އެހެން މަޖިލިސް މެމްބަރުން ވެސް ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަދެއްކެވިއެވެ. އެ މެމްބަރުންގެ ހަމަލާތައް ހުރީ ދީނީ އިލްމުވެރިންނަށެވެ. ހާއްސަކޮށް ޑރ އިޔާޒާއި ޝެއީހް ޒައިދަށެވެ.
ކްރިސްޓިއަނުން ފާހަގަކުރަމުން އަންނަ ދުވަހުގެ ތަހުނިޔާ، މުސްލިމުން ކިޔުމަކީ ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމްވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ބައެއް ޢިލްމްވެރިންގެ ނަޒަރުގައި އެއީ އިސްލާމްދީނުން ބޭރުވާ ވަރުގެ ކަމެކެވެ. އަނެއް ބަޔަކު ފަތުވާ ދެއްވަނީ ވަކި ހާލަތެއްގައި އެކަން ނުކުރެވޭނެ ކަމަކަށް ކަނޑައެޅިގެން އިސްލާމްދީނުގައި ނޯންނަ ކަމަށެވެ. ޢިލްމްވެރިންނާއި ސިޔާސީ ބޭފުޅުން މި ޒުވާބެއް ނުވަތަ މި ބަހުސެއް ކުރަށްވަމުން ގެންދަވަނީ އާންމުކޮށް ޓްވިޓާގައާއި މީސް މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުން ކުރަށްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު