ޒިދާން މުޙައްމަދު   29 ޑިސެމްބަރު 2020 - 18:45
ވ. ރަކީދޫ ބަނދަރުގެ މަޝްރޫއު ކުރިއަށްދަނީ - އެމްޓީސީސީ
ވ. ރަކީދޫ ބަނދަރުގެ މަޝްރޫއު ކުރިއަށްދަނީ - އެމްޓީސީސީ
ވ. ރަކީދޫގައި ތަރައްގީ ކުރާ ބަނދަރުގެ 65 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިން ކޮމްޕެނީ އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ، ވ. ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށާއި، އެ މަޝްރޫއުގެ ދަށުން، ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓު 29 ޑިސެމްބަރ 2020 ގައި އެރަށަށް ބާލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްޓީސީސީއިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މެދުކެނޑުމެއްނެތި ހިންގަމުންނެވެ. އަދި އަހަރުގެ މިހާތަނަށް އެކުންފުނިން ވަނީ، ގިނަ މަޝްރޫއުތަކެއް ނިންމާ ހަވާލުކޮށްފައެވެ.

ވ. ރަކީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއިން ފަށާފައިވަނީ، 8 ޖޫން 2020 ގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 156 މީޓަރ ބޭރު ތޮށި ހެދުމާއި، 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށި ހެދުމާއި، 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި ނެރު ފުންކުރުން ހިމެނެއެވެ.

18,511,404.34 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 349 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން