އައިޝަތު ރަފާހު ޢަލީ   30 ޑިސެމްބަރު 2020 - 0:31
އިތުރު ތަރައްގީއަކަށް ފެންނަނީ ކޮރަޕްޝަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނީ ހިޔާލު ތަފާތު ވިޔަސް ތަރައްގީއަށް ހުރަސް އަޅައިގެން ނުވާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވައެވެ.

"‏ރައްޔިތުންނަށް ފެންނަންހުރި ކަންތައްތަކުގައި އޮޅުވާނުލައްވާ. އެއްވެސް ބަޔަކު ބްރިޖު ކައިރީގައި ގަސްޖަހާކަށް ދެކޮޅެއް ނުހަދާ، އެސްޓީއޯ އިމާރާތެއްގެ ނަން ބަދަލުކުރުމުން އިޙްތިޖާޖެއް ނުކުރޭ، ޒުވާނުންނަށް އަމިއްލަ ބޭންކު ކާޑުން ވިޔަފާރި ނުކުރެވޭއިރުވެސް ހުރަހެއް ނާޅާ. އިތުރު ތަރައްޤީއަކަށް ފެންނަނީ ކޮރަޕްޝަން. އެކަމަށް ކިތަންމެ ނުރުހުނު ކަމަށްވިޔަސް ރައްޔިތުން ހުރަސްއަޅާނެ." ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޚިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި އަދި ފައިދާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުން ކަމަށާއި، ޚިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ދެވޭ ފުރުޞަތަކަށް ނުހެދުމަށް ގޮވާލައްވާފައެވެ. އަދި އިންސާފުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކާއަށް އިޙްތިރާމް ކުރުމުގެ ރިވެތި އާދަތައް އިސްކުރުމަށް މަސައްކަތް ކުރުމަށް ވެސް ނައިބް ރައީސް ގޮވާލައްވާފައި ވެއެވެ.

ނައިބު ރައީސް ގެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން