އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށްބުނެ، ރައްޔިތުންނަށް އޮޅުވާލައިގެން އެހެންދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމަށް މުޒާހަރާ ކުރުމަށް ރާވަމުން ދާކަމަށް އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޝައިޚް އިލިޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލިޔާސް މިފަދަ ވާހަކަފުޅެއް ދައްކަވައި ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނަސްފައި މިވަނީ ދީނީ ހަރުކަށިކަމާއި ދެކޮޅު، އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ބޭއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް އަޑުފެތުރިފައި ވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ. ރައީސް ނަޝީދުގެ މި ޚިޔާލުފުޅު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕްގެ ތެރޭގައި ހިއްސާ ކުރަށްވާފައިވާ ކަމަށްވެސް ރަސް އޮންލައިން އަށް އެނގިފައި ވެއެވެ. އަދި މިކަމަށް އިދިކޮޅު ފަރާތްތަކުގެ ތާއީދު ހޯއްދެވުމަށް އިދިކޮޅު ޕާލިމެންޓް މެންބަރުންނަށް ވެސް މި މެސެޖް ފޮނުއްވާފައިވާކަން މި ނޫހަށްވަނީ ކަށަވަރުވެފައެވެ.



"ބޮޑު އޮޅުވާލުމެއް. ދީނީ ހަރުކަށިކަމާއި ދެކޮޅު، އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ، މިނަމުގައި މުޒާހަރާ ކުރިޔަސް މި ފަސްގަނޑުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ إن شاء الله މިފަދަ ނުބައި ރޭވުންތަކުގައި ރައްޔިތުން ބައިވެރި ނުވުމަށް ދަންނަވަން." ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.



ޝައިޚް އިލިޔާސްގެ މިޓްވީޓަށް ތާއީދު ކުރަށްވައި ޑރ. މުހައްމަދު އިޔާޒް ވެސް ވިދާޅުވެފައި ވަނީ ކިތަންމެ ބޮޑު މުޒާހަރާއެއް ކުރިޔަސް އެބައިމީހުންނަށް إنشاءالله ކާމިޔާބު ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު މިފަފަ ޚިޔާލުފުޅެއް ފާޅުކުރަށްވާފައި މިވަނީ ނަޞާރާ ދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސް ޢީދާ ގުޅިވެން އެދުވަސް ފާހަގަކުރާ ފަރާތްތަކަށް ރައީސް ނަޝީދު ތަހުނިޔާ ފޮނުއްވުމާއި ގުޅިގެން ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމްވެރިންގެ މެދުގައި ވަރުގަދަ ބަހުސެއް ފެށި ބޮޑު ދީނީ ދެބަސްވުމަކަށް ގޮސްފައި ވަނިކޮށެވެ.

މިމައްސަލައިގައި ބައެއް ޢިލްމްވެރިން ރައީސް ނަޝީދާއި ދެކޮޅަށް ދީނީ ފަތުވާ ނުވަތަ ރަޢުޔު ނެރެމުންދާއިރު ބައެއް ޢިލްމްވެރިންގެ ރަޢުޔަކީ އެއީ ދީން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

މިބަހުސްގެ ތެރެއަށް ރައީސް ނަޝީދާ އެއްކޮޅާއި ދެކޮޅުގެ ފިކުރުގެ ސިޔާސީ ފަރާތްތަކުން ވެސް ވަނީ ވަދެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ކަންނެލިއޮޑި

02-Jan-2021

މުޒާހަރާގަ ކަލެއާއި މިލަ ޑރ. އާ ދޭތި ބައިވެރި ނުވަންތަ? ވާންވާނެ ކޮންމެހެންވެސް.


-5

އަޑުއަހާ

02-Jan-2021

ނަޝީދުއާހެދި ދީވާނާވެފަތިބި އިލްމުވެރިން ހުއްދަކުރާނެ ނަޝީދު ކޮންމެ އެއްޗެއްކިޔަސް


3

ރައްޔިތުން

31-Dec-2020

إن الدين عند الله الاسلام. އިސްލާމް ދީން ނޫން އެހެންދީނެއް ނޯންނާނެ.



ޓްރެންޑިން