ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޙައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޙައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް އެމްޑީޕީގެ ސިޔާސީ މުޒާހަރާއެއްގައި ޙަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯއެއް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހާމަ ކުރަށްވައިފިއެވެ.

އަލްހާންގެ ޓްވިޓަރ އެކައުންޓުން ޢާއްމުކޮށްފައިވާ މިފޮޓޯގައި ފެންނަނީ، ޙައިލަމް ޤައުމީ ދިދައެއް ހިއްޕަވައިގެން އިންނަވާ މަންޒަރެވެ. އަދި ބޮލުގައި ރީންދޫ ފޮތިކޮޅެއްވެސް އައްސާފައި އޮވެއެވެ.

އަލްހާން ވިދާޅުވީ، މި ފޮޓޯއަކީ 7 ފެބްރުއަރީ 2012 ގައި އޭރުގެ އެމްޑީޕީގެ ސަރުކާރު ބަދަލުވުމާ ގުޅިގެން ކުރި މުޒާހަރާތަކުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި މިއީ ޙައިލަމް ރާއްޖޭގެ އޭރުގެ ވެރިކަން ފުރޮޅިގެންދިޔަ ގޮތާ ދެކޮޅު ހެއްދެވުމުގެ ރޫހުގައި ބައިވެރިވެ ވަޑައިގެންމެވި މުޒާހަރާއެއް ކަމަށް އަލްހާންގެ އިބާރާތް ކޮޅުން ދޭހަވެއެވެ.



އަލްހާން ވިދާޅުވީ، އޭރުވެސް މިހާރުވެސް އޭނާގެ އރކ

ރަހުމަތްޔެތިޔާ ޙައިލަމް ޤައުމީ މައްސަލަތަކާމެދު ދެކެވަޑައިގަންނަވާ ގޮތް ބަދަލުވެފައި ނުވާ ކަމަށާއި، އޭރާއި މިހާރުވެސް ޙައިލަމް ޚިދުމަތްކުރަމުން ދަނީ ޤައުމަށް ކަމަށެވެ. ފަހަކަށް އައިސް ޙައިލަމް ފާހަގަކުރެވިފައިވަނީ ސަރުކާރުގެ ކަންކަމަށް ވަރަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމުގައި ހުންނަވަނިކޮށް ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ، ނަސްރުގެ ދުވަސް ކަމަށްވާ ނޮވެމްބަރު 3 ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަރުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕަށްލުމާ ގުޅިގެން ނެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. ހައިލަމް ސަސްޕެންޑް ކުރި ދުވަހަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގ ދައުވާގެ ހުކުމް ކުރުމަށް އޮތް ދުވަހެވެ.

ހައިލަމް ވިދާޅުވެފައިވަނީ އޭނާ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށް މަގާމުން ވަކިކުރަން ފޮނުވާފައިވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށެވެ. އޭގެފަހުން ސިޔާސީ ނުފޫޒު ފޯރުވާކަމަށް ބުނެ ހައިލަމް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. ހައިލަމް ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2018 އަހަރުގެ ޖެނުއަރީ 25 ގަ އެވެ. އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ ހަމަޖައްސާފައިވަނީ 2018 އަހަރުގެ މެއި މަހުގެ 28 ގައެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވީ 3 ޑިސެމްބަރ 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު


17

ދޮގެއްތަ?

02-Jan-2021

ރީނދޫ ބާގައާއެކު ކުރީމަ ސިޔާސީ ކަމަކަށް ނުވާނެ. ސުޕްރީމް ކޯޓަކީ ސާފު މިސާލެއް.


3

މިނޯސީ

30-Dec-2020

އަލްޙާން ރަނގަޅު.... ތި ފޮޓޯ ތަންކޮޅެެއް ކުރިން ޕޯސްޓްކޮށްލި ނަމަ... އޭރުން ވަޒީފާ ގެރެންޓީ ވީހެއްނު...



ޓްރެންޑިން