"އެހެނިހެން ދީންތަކަށް އިޙްތިރާމްކުރަންޖެހޭކަމަށް" ގޮވާލައި މުޒާހަރާއެއް ކުރިއަށް ގެންދިއުމަށް ރާވަމުންގެންދާކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ތުހުމަތުކުރެއްވުމުން، ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒާއި، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު(ވައްޑެ) އިލިޔާސަށް ރައްދުދެއްވައިފިއެވެ.
ޝައިޚް އިލްޔާސް މިފަދައިން ތުހުމަތުކުރައްވާފައި ވަނީ ދީނީ ހަރުކަށިކަމާ ދެކޮޅު، އެހެންދީންތަކަށް އިޙްތިރާމްކުރަންޖެހޭ ކަމަށް ގޮވައިލާ ބޮޑު މުޒާހަރާއެއް ބާއްވަން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމުގެ އަޑުފެތުރިފައި ވަނިކޮށެވެ.
”ބޮޑު އޮޅުވައިލުމެއް. ދީނީ ހަރުކަށިކަމާ ދެކޮޅު، އެހެން ދީންތަކަށް އިޙްތިރާމްކުރަންޖެހޭ، މި ނަމުގައި މުޒާހަރާ ކުރިޔަސް މި ފަސްގަނޑުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ.“ ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޝައިޚްގެ މި ވާހަތައް "ރަސް އޮންލައިން"އިގެ ޚަބަރެއްގައި ގެނެސްދިނުމުން، އެ ޚަބަރު ހިމެނޭ ޓްވީޓް ހިއްސާ ކުރަށްވައި ޝިފާޒް ވިދާޅުވީ އެންމެ ކުރިއްސުރެ ދިވެހިންނަކީ އިސްލާމީ ރިވެތި ސާދާ އުޅުމެއް އުޅެމުން އައި ބައެއްކަމަށެވެ. އަދި އެހެން ދީންތަކުގެ މީހުންނަށް އިޙްތިރާމް ކުރަންޖެހޭކަމަށް ވެސް ޝިއްޕެ ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަކީ އިސްލާމީ ރިވެތި ސާދާ އުޅުމެއް އުޅެމުން އައި ބައެއް. އެހެން ދީންތަކުގެ މީހުންނަށް އިޙްތިރާމް ކުރަންޖެހޭ. އަޅުގަނޑުމެންނަކަށް މި ރާއްޖެ ދޫކޮށްލައިގެން ނުތިބެވޭނެ.“ ޝިއްޕެގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
"ރަސް އޮންލައިން'"އިން ގެނެސްދިން ޝައިޚް އިލްޔާސްގެ އެ ވާހަކަތަކާ ގުޅިގެން ވައްޑެ ވިދާޅުވީ، ދޮގާއި މަކަރު ހެދުމަކީ ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ތޯތޯ ވާހަކަ ދެއްކުމާއި ކުރެވޭ ކުއްހީއަށް، ޚަބަރު ފެތުރުން ވެސް ވަނީ ނަހީ ކުރައްވާފައިކަމަށެވެ. ވައްޑެ ވިދާޅުވީ، ”ސިޔާސީ ބޭނުމަކު ތިޔަބޭފުޅުން ތިޔަހެން ކިޔުއްވަމުން ގެންދަވާތާ މިހާރު ކިތައް އަހަރު ވެއްޖެތޯ“ އެވެ.
ރައީސް ނަޝީދު މިފަފަ ޚިޔާލުފުޅެއް ފާޅުކުރަށްވާފައި މިވަނީ ނަޞާރާ ދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސް ޢީދާ ގުޅިވެން އެދުވަސް ފާހަގަކުރާ ފަރާތްތަކަށް ރައީސް ނަޝީދު ތަހުނިޔާ ފޮނުއްވުމާއި ގުޅިގެން ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމްވެރިންގެ މެދުގައި ވަރުގަދަ ބަހުސެއް ފެށި ބޮޑު ދީނީ ދެބަސްވުމަކަށް ގޮސްފައި ވަނިކޮށެވެ.

Alhugandumennakee Islaamee rivethi saadhaa ulhumeh ulhemun aibaeh. Ehen dheenthakuge meehunnahves ihuthiraamu kuranjehey. Alhugandumennakah mi Raajje dhookollaigen nuthibeveyne. https://t.co/qcNz2zTFoi
— Mohamed Shifaz🎈 (@mdpshippe) December 29, 2020
”އަޅުގަނޑުމެންނަކީ އިސްލާމީ ރިވެތި ސާދާ އުޅުމެއް އުޅެމުން އައި ބައެއް. އެހެން ދީންތަކުގެ މީހުންނަށް އިޙްތިރާމް ކުރަންޖެހޭ. އަޅުގަނޑުމެންނަކަށް މި ރާއްޖެ ދޫކޮށްލައިގެން ނުތިބެވޭނެ.“ ޝިއްޕެގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
"ރަސް އޮންލައިން'"އިން ގެނެސްދިން ޝައިޚް އިލްޔާސްގެ އެ ވާހަކަތަކާ ގުޅިގެން ވައްޑެ ވިދާޅުވީ، ދޮގާއި މަކަރު ހެދުމަކީ ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ތޯތޯ ވާހަކަ ދެއްކުމާއި ކުރެވޭ ކުއްހީއަށް، ޚަބަރު ފެތުރުން ވެސް ވަނީ ނަހީ ކުރައްވާފައިކަމަށެވެ. ވައްޑެ ވިދާޅުވީ، ”ސިޔާސީ ބޭނުމަކު ތިޔަބޭފުޅުން ތިޔަހެން ކިޔުއްވަމުން ގެންދަވާތާ މިހާރު ކިތައް އަހަރު ވެއްޖެތޯ“ އެވެ.
ދޮގާ މަކަރު ހެދުމަކީ ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް. ތޯތޯ ވާހަކަ ދެއްކުމާއި ކުރެވޭ ކުއްހީއަށް ޚަބަރު ފެތުރުންވެސް ވަނީ ނަހީ ކުރައްވާފައި. ސިޔާސީ ބޭނުމަކު ތިޔަބޭފުޅުން ތިޔަހެން ކިޔުއްވަމުން ގެންދަވާތާ މިހާރު ކިތައް އަހަރު ވެއްޖެތޯ؟ https://t.co/9J8GJFb6UK
— Waddey (@waddey_) December 29, 2020
ރައީސް ނަޝީދު މިފަފަ ޚިޔާލުފުޅެއް ފާޅުކުރަށްވާފައި މިވަނީ ނަޞާރާ ދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސް ޢީދާ ގުޅިވެން އެދުވަސް ފާހަގަކުރާ ފަރާތްތަކަށް ރައީސް ނަޝީދު ތަހުނިޔާ ފޮނުއްވުމާއި ގުޅިގެން ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމްވެރިންގެ މެދުގައި ވަރުގަދަ ބަހުސެއް ފެށި ބޮޑު ދީނީ ދެބަސްވުމަކަށް ގޮސްފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު